އަހަރެމެންނަށް އެންމެ ބޮޑެތި ގެއްލުންތައް ލިބެމުން މިދަނީ ތަރުތީބު އޮޅުވައިލެވޭތީއެވެ. އެންމެ ބޮޑަށް ބިރުގަނެ ރައްކައުތެރިވާންވީ ކޮންކަންކަމަކަށް ދެނެގަންނަން ނުއެނގޭތީއެވެ. އެކަންކަން ނުއެނގުނީމާ ގިނަ ބައަކު އެންމެ ބޮޑަށް ސަމާލުކަންދެނީ ގޭގެ ދޮރުތައް ތަޅުލައި އަދި ތަންޑުވެސް އެޅުމަށެވެ.
އެއީވެސް ކުރަންޖެހޭ ކަމެއް ނަމަވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ ޝައިޠޯނާއަށް ތިބާގެ ހިތުގެތެރެއަށް ވަދެވެން ހުރި ދޮރުތައް ތަޅުލައި ތިބާ އާއި ކައިރިވެސް ނުވެވޭނެ ގޮތް ހެދުމަށެވެ.
ޝައިޠޯނާއަށް ތިބާ އާއި ކައިރިވެވެން ހުރި މަގުތައް ބަންދުކުރަން ކުރަންޖެހޭ ފުރަތަމަކަމަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމެވެ. އެއަށްފަހު މީސްތަކުންނަށް އޯގާތެރިވެ ހެޔޮކޮށްހިތުމެވެ. މީސްތަކުންނަށް އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރުމެވެ.
ލިބޭ ކޮންމެ ހުސްވަގުތުކޮޅަކީ ﷲ ތައާލާގެ މަތިން ހަނދުމަކުރާ ވަގުތަކަށް ހަދާށެވެ! އަދި ކަންކަމުގައި އުޅޭ ވަގުތުތަކުގައިވެސް ވީވަރަކުން ﷲ ތައާލާގެމަތިން ހަނދުމަކުރާށެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހުންގެ މަތިން ﷲ ތައާލާ ހަނދުމަފުޅު ކުރައްވަވާނެތެވެ. އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާ މީހަކަށް ވެވިއްޖެނަމަ ޝައިޠޯނާއަށް އެމީހަކާއި ވައިވެސް ނޭޅެވޭނެއެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން
މިކަންތައް ކުރާ މީހަކާ ޝައިޠޯނާއަކަށް ކައިރިވެސް ނުވެވޭނެ! ހުންނަންޖެހޭނީ ދުރުގަ އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ