އިލެކްޓްރިކް ޕްރޮޓެކްޝަން ޕްރޮގްރާމްގައި ސްޓެލްކޯގެ އިންޖިނިއަރުން އިނގިރޭސިވިލާތުގައި ތަމްރީން ހާސިލް ކޮށްފި

އިލެކްޓްރިކް ޕްރޮޓެކްޝަން ޕްރޮގްރާމްގައި ސްޓެލްކޯގެ އިންޖިނިއަރުން ތަމްރީން ހާސިލްކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ އިނގިރޭސިވިލާތުގެ ލީޑްސްގައި ކުރިއަށްދާ ޝްނެއިޑާ އިލެކްޓްރިކް ޕްރޮޓެކްޝަން ޕްރޮގްރާމްގައި އެ ކުންފުނީގެ އިންޖިނިއަރުން ރިންގްމާސްޓާ ސްވިޓްޗް ގިއާސްއާ ގުޅޭ ތަމްރީންތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި އެ ފަދަ ޓްރެއިނިންތަކުގެ ސަބަބުން މުވައްޒަފުންގެ ހުނަރު އިތުރުވެ، ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯގެ ހަތަރު މުވައްޒަފަކު ޖަރުމަނުވިލާތުގައި ވެސް ތަމްރީން ހާސިލް ކޮށްފިއެވެ.
ދާދިފަހުން ސްޓެލްކޯގެ ހަތަރު މުވައްޒަފަކު ވަނީ ޖަރުމަނުވިލާތުގެ އެމްއޭން މައިން އިންޖީނު ސްޓޭންޑާޑް އެންޑް އެޑްވާންސް ތަމްރީން ޕްރޮގްރާމް ވެސް ފުރިހަމަކޮށްފައެވެ. އަދި އެ ތަމްރީނުގެ ސަބަބުން އިންޖީނުތައް ރަނގަޅު ކޮންޑިޝަންގައި މެއިންޓެއިންކޮށް ބެލެހެއްޓުމަށް މުވައްޒަފުން އިތުރަށް ހުނަރުވެރިވެގެން ދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގެ އިތުރުން ބައެއް އަތޮޅުތަކަށްވެސް ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު މިފަދަ ތަމްރީން ޕްރޮގްރާމްތައް އަންނަނީ ސްޓެލްކޯގެ މުވައްޒަފުންނަށް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ