ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ އެކަޑަމީން ދުބާއީގައި ބޭއްވި އެކަޑަމީ މުބާރާތެއް ކަމަށްވާ ގަލްފް ކަޕްގައި ރަނގަޅު ކާމިޔާބެއް ހޯދައިފި އެވެ.
ގަލްފް ކަޕް ދުބާއީގައި، އަަހަރުގެ ދެކޮޅުގައި ބާއްވާއިރު، އަހަރުގެ ފަހުކޮޅުގައި ބާއްވާ މުބާރާތަކީ ގަލްފް ވިންޓާ ކަޕް އެވެ. ޔުނައިޓެޑް ވިކްޓަރީ އެކަަޑަމީ އަކީ ގަލްފް ވިންޓަ ކަޕްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެކަޑަމީ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
ޖުމްލަ އެކު، ހަތަރު އުމުރު ކެޓަގަރީ އަކަށް ގަލްފް ވިންޓާ ކަޕް އިންތިޒާމްކޮށްފައިވާއިރު، ޔުނައިޓެޑް ވިކްޓަރީގެ ޓީމުތައް ވާދަކުރީ 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ.
ދުބާއީ ސްޕޯޓްސް ސިޓީގެ އައިއެސްޑީ ސްޓޭޑިއަމްގައި، ގަލްފް ވިންޓާ ކަޕް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔައިރު، 13 އަހަރުން ދަށުގެ ޓީމު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެެވެ. އެ ޓީމުން ވަނީ ޓްރޮފީ ކެޓަގަރީގެ ސެމީ ފައިނަލުގައި ކުޅެ، ސީއެފްއެފްއޭ ދުބާއީ އަތުން ބަލިވެފަ އެވެ. އަދި، 15 އަހަރުން ދަށުގެ ޓީމުން ވަނީ ކަޕް ކެޓަގަރީގެ ފައިނަލަށް ދަތުުރުކޮށްފަ އެވެ.
ޔުނައިޓެޑް ވިކްޓަރީގެ އެކަޑަމީ ކޯޗު، އަރުޝަދު މުހައްމަދު އިސްމާއިލް (އަރޫ)، "އަދަދު ސްޕޯޓްސް" އަށް ބުނެފައިވަނީ، މިއީ ފުރަތަމަ މުބާރާތާ ބަލައި ޔުނައިޓެޑް ވިކްޓަރީ އަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެެވެ. އަދި، ހާއްސަކޮށް އިންޓަނޭޝަނަލް އެކަޑަމީތަކަށް ފުރުސަތު ދޭ ގޮތަށް އޮންނަ މި މުބާރާތުގައި ދުބާއީ އާއި އެެހެނިހެން ގައުމުތަކުން ރަނގަޅު އެކަޑަމީތަކާ ދެކޮޅަށް ޔޫވީ އެކަޑަމީން ރަނގަޅު ކުޅުމެއް ދައްކައި، އިޓަލީގެ ލެޖެންޑް އަންދްރެއާ ޕިރްލޯގެ އެކަޑަމީ އަތުން މޮޅެއް ހޯދުމަކީ ބޮޑު ކަމެއްގެ ގޮތުގައި އަރޫ ވަނީ ބުނެފަ އެވެ.
ޔުނައިޓެޑް ވިކްޓަރީ އެކަޑަމީ އަށް ދުބާއީ މުބާރާތުގައި ރަނގަޅު ކާމިޔާބެއް ޔުނައިޓެޑް ވިކްޓަރީ އެކަޑަމީ އަށް ދުބާއީ މުބާރާތުގައި ރަނގަޅު ކާމިޔާބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ