އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް

ރާއްޖޭގައި އިންވެސްޓުކުރުމުގެ މަޝްވަރާތަކަށް ސައުދީ އަރަބިއްޔާގެ ބޮޑެތި ވިޔަފާރިތައް ހިމެނޭ ވަފުދެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.ސައުދީގެ އިންވެސްޓްމަންޓްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދު އިސްކޮށް ހުންނެވި އެ ވަފްދު ރާއްޖެ އަށް އައީ އިއްޔެގެ މެންދުރުގެ ވަގުތެއްގަ އެވެ.ރާއްޖޭގައި ހުންނަ ސައުދީގެ އެމްބަސީން ބުނި ގޮތުގައި މި ވަފުދުގެ ދަތުރުގައި ދެ ގައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ.ސައުދީ އަރަބިއްޔާއިން އަންނަނީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތަރައްގީގެ މަޝްރޫއަށް ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ވަނީ ލޯނު އެހީދީފަ އެވެ.ރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ މާޗް 17، 1981 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ