ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 ގެ މޭރީ ބްރައުން ރެސްޓޯރަންޓާ ދިމާލުން އޮންނަ ޖެޓީ ސަރަހައްދުން ދެ ޒުވާނުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ފ. ފީއަލީ، ދޯދިލް، އުމުރުން 20 އަހަރުގެ މައިޝަމް މުހައްމަދާއި، ނ. ކެނދިކުޅުދޫ، ކުޅުދޫ ގުލްފާމްގެ، އުމުރުން 23 އަހަރުގެ ޒަޔާން ޔޫސުފެވެ.
ފުލުހުން ބުނިގޮތުގައި، މި މަހުގެ 21 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން އެ ސަރަހައްދު ޕެޓްރޯލުކުރަމުން ދިޔަ އިރު، މި ދެ ޒުވާނުންގެ އަމަލުތައް ހުރިގޮތުން ހީވި ޝައްކުތަކަކާ ގުޅިގެން ވަނީ އެމީހުން ހުއްޓުވައިފައެވެ. އަދި އެމީހުން ބަލައި ފާސްކުރި އިރު، އެމީހުންގެ އަތުގައި އޮތް ކަޅު ކޮތަޅެއްގެ ތެރެއިން ޖުމްލަ 48 ފުޅި ބަނގުރާ (2 ކޭސް) ވަނީ ފެނިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. ހުޅުމާލެ ފޭސް 1 ގެ ފުލުހުންގެ އިދާރާއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މޭރީ ބްރައުން ޖެޓީ ކައިރިން ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެ ޒުވާނަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ