ރާއްޖެ ވަޑައިގަތީ ތިން ދުވަހަށް ނޫން: ރައީސް ނަޝީދު

ރާއްޖެ ވަޑައިގަތީ ތިން ދުވަހަށް ކަމަށް ބުނެ ނޫސްތަކުން ފަތުރައިފައިވާ ހަބަރުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދޮގުކުރައްވަައިފިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާ ބައްދަވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިއީ ރައީސް ނަޝީދަށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއަށް ފަހު ރާއްޖެ ވަޑައިގަތުމަށްފަހު ބާއްވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ވަޑައިގަތީ އެންމެ ތިން ދުވަހަށްތޯ ނޫސްވެރިއަކުް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ތިން ދުވަހަށް ރާއްޖެ ވަޑައިގަތް ކަމަށް ބުނީ ނޫސްވެރިން ކަމަށެވެ. ތިން ދުވަހަށް ވަޑައިގެންނެވި ކަމަށް ބުނާ ވާހަކަ ދޮގުކުރެއްވި ނަމަވެސް ވަޑައިގެންނެވީ ކިހާ ދުވަހަކަށް ކަން ހާމަކުރައްވަން ނަޝީދު ވަނީ ދެކޮޅު ހައްދަވާފައެވެ. ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ