ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފި

11:11 ހުށަހެޅިފައި އޮތް މައްސަލައަކާ ގުޅިގެން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން ފޮނުވި ޗިޓަށް އޭނާ ދެންމެ ފުލުސް އޮފީހަށް ވަޑައިގެންފި އެވެ. މިއަދު 11:00 އަށް ޔާމީން ޕޮލިހަށް ހާޒިރުވެ ވަޑައިގެންނެވީ އިރު ދެ ލޯޔަރަކު ވެސް ޔާމީނާ އެކު ވަޑައިގަތެވެ. ޔާމީނާ އެކު އެ ދެ ވަކީލުން ވެސް މިހާރު ވީ ފުލުސް އޮފީސް ތެރޭގަ އެވެ. ދާދި ދެންމެ ހޯމް މިނިސްޓަރު ހަސަން އަފީފް ފުލުސް އޮފީސް ތެރެއަށް ވަދެ ވަޑައިގެންނެވިތަން ވެސް ވަނީ ފެނިފަ އެވެ.ޔާމީން މިއަދު ޕޮލިހަށް ހާޒިރުކުރި އިރު މާލޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ
ބެހޭ މައުލޫމާތު ބޭރުގެ ޑިޕްލޮމޭޓުންނަށް ދިނުމަށް އޭނާ މިއަދު ހަވީރު
ލަންކާ އަށް ފުރާވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ