ނަޝީދު ވިދާޅުވަނީ އެމަނިކުފާނުގެ ވެރިކަން ވައްޓާލީ ތެޔޮ ރިޕޯޓް އާންމުކުރަން އޮތް ދުވަހު ކަމަށް!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ހިންގި ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވާލި ރިޕޯޓު އާންމުކުރަން އޮތް ދުވަހު ކަމަށް އެމަކުފާނު ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން، އެމަނިކުފާނުގެ ނައިބު ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެން ބޭރުގެ އެކައުންޓިން ފާމްއިން ފައިސާ ބައްވަލައިގަތުމަށް ފަހު، ރިޕޯޓް ފޮރުވާފައިވާ ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް މިއަދު ހުށަހެޅުއްވި އެވެ.
މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ވޯޓަށް އެހުމުގެ ކުރިން ވާހަކަފުޅު ދައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުންފުންޏަށް މަސައްކަތް ހަވާލު ކުރެވުނީ ވެސް ތަހުގީގު ހުއްޓާލަން ސަރުކާރުން އެދިއްޖެނަމަ 10 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭ ގޮތަށް ކަމަށެވެ.
"މި ކުންފުންޏާ އެކު އެއްބަސްވުން ހެދުނު އިރުގައި އަޅުގަނޑުގެ ހިތަށް ވަން، ކާކު ބާއޭ މި ހުއްޓާލަން ވެގެން މި އުޅެނީ، ހުއްޓާލައިފިއްޔާ 10 މިލިއަން ޑޮލަރު ދޭން ޖެހޭނެ ވާހަކަ މީގަ މި އަޅަމުން މި ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އައިސްފައި ވަނީ ރާއްޖެއަށް އެތެރެކުރާ ތެލަށް ވުރެ ރާއްޖެއިން ބޭރުކުރާ ތެޔޮ ބޮޑުތަނުން އިތުރުވެފައި އޮތުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ