ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަން ބަދަލުކޮށްފި

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިނގަމުންދާ، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގެ ނަން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު ގެ ނަމަށް ބަދަލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގެ ނަން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރައްވާފައިވާކަމަށެވެ.
އަދި މި ނިންމުން ރައީސް ނިންމަވާފައިވަނީ މިހިނގާ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުކަމަށްވެސް ބުނެފައިވެއެވެ.
ދައުލަތުގެ އިދާރާތަކުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒަށް ލިޔާ ސިޓީގައި ޖަހާނީ މިހާތަނަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް ހަމަޖައްސާފައިވާ ނަންބަރު ކަމުގައިވާ 222 ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ