ދަނޑުވެރިކަމުގެ ކޮލެޖެއް ޤާއިމްކޮށް، 250 ޒުވާންނުން ތަމްރީނުކޮށް ދަނޑުވެރިކަމަށް ނެރުން، ފުޑް ސެކިއުރިޓީ ޤާރާރުގައި

ދަނޑުވެރިކަމުގެ ކޮލެޖެއް ޤާއިމްކޮށް، ހަ އަހަރު ދުވަހުގެ ތެރޭ 250 ޒުވާންނުން ތަމްރީނުކޮށް ދަނޑުވެރިކަމުގެ ދާއިރާއަށް ނެރުމަށް، ދަނޑުވެރިކަމާބެހޭ ފުޑް ސެކިއުރިޓީ ޤާރާރުގައި ކަނޑައަޅައިފިއެވެ. މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 55 ވަނަ ޖަލްސާއަށް މި ޤަރާރުގެ އިބްތިދާއީ ބަހުސް ވަނީ އެޖެންޑާ ކުރައްވައިފައެވެ. މި ޤަރާރު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދެވެ.
ޒުވާނުން ދަނޑުވެރިކަމުގެ ތަފާތު ދައިރާތަކުން ތަމްރީނު ކުރަންޖެހޭނެކަމަށް ޤަރާރުގައި ކަނޑައަޅައިފައި ވެއެވެ. އޭގެތެރޭގައި ގަސް ގަހާ ގެއްސާއި ނަޢަމް ސޫފި ގެންގުޅެ އާލާކުރުމާއި ބަލިތަކުން ދިފާޢުވާނެ ދާއިރާތައް ހިމެނޭގޮތަށް ތަމްރީނުކޮށް، ވަޒީފާގެ ފުރުޞަތު ރަށްފުށުގައި އިތުރުކުރަންޖެހޭނެކަމަށް ވެސް ޤަރާރުގައި ވަނީ ބުނެފައެވެ.
ދަނޑުވެރިކަމުގެ ކޮލެޖެއް ލ. އަތޮޅުގައި ޤާއިމްކޮށް އެގްރޯ ޓޫރިޒަމް ތާޢރަފްކުރުން ވެސް ޤަރާރުގައި ކަނޑައަޅައިފައިވެއެވެ. މީގެ އިތުރުން ސާނަވީ ތަޢްލީމުގެ ސިލަބުގައި ދަނޑުވެރިކަން ހިމެނުމަށްވެސް ޤާރާރުގައި ކަނޑައަޅައިފައި ވެއެވެ. ދަނޑުވެރިންގެ ދަފްތަރެއް އެކުލަވާލައި، ދަނޑުވެރިންނަށް ޕެންޝަން ސްކީމެއް ތަޢާރަފްކުރުމަށްވެސް ޤަރާރުގައި ކަނޑައަޅައިފައިވެއެވެ.
މިހާރު ދަނޑުވެރިކަމަށް އޮތް 0.8 އިންސައްތައިގެ ބަޖެޓް ދެ އިންސައްތައަށް އިތުރުކުރުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. ދަނޑުވެރިކަމަށް ކަމުދާ 60 ރަށުގެބިމުގައި ފެންހުރި މިންދދވަރު ބަލައި ދަނޑުވެރިއަކަށް 0.17 ހެކްޓަރ ގެ ބިން ރަޖިސްޓްރީކޮށް ދިނުމަށްވެސް، ދަނޑުވެރިކަމާއި ބެހޭ ފުޑް ސެކިއުރިޓީ ޤަރާރުގައި ވަނީ ކަނޑައަޅައިފައެވެ.
ފެންރައްކާކުރެވޭނެ މަގުތައް ހޯދައި، ލޮނު ރަނގަޅު ފެނަށް ބަދަލުކުރުމާއި އެއްފަހަރަށްވުރެ ގިނަފަހަރު ފެން ބޭނުންކުރުމުގެ ނިޒާމް ތައްޔާރުކޮށް ދަނޑު ތަކުގައި ބޭނުން ކުރުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފެން އިސްރާފުވުން މަދުކުރެވޭނެ ގޮތަށް ދަނޑުވެރިކަމުގައި ބޭނުންކުރުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
ދަނޑުވެރިކަމުގައި "އޯގަނިކް ފާމިންގ" ސިސްޓަމް އާލާކުރުމަށް ވެސް ޤަރާރުގައި ކަނޑައަޅައިފައިވެއެވެ. ރާއްޖޭގެ މާހައުލާއި ގުޅޭ މަތިވަރު މޮޅުމުޑުވަށް ދަނޑުވެރިކަމުގައި ބޭނުންކުރުމަށްވެސް ކަނޑައޅައި ފައިވެއެވެ. ބަލި ކޮންޓްރޯލްކުރުމަށް، ތިމާވެށްޓާ ގުޅޭ ވަޞީލަތްތައް ބޭނުންކުރުމާއި މޫސުމް ބަލާނެ ވަޞީލަތްތަކަށް ދަނޑުވެރިން އަހުލުވެރި ކުރުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
އދ. އިން ކަނޑައަޅައިފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ސަރުކާރުގެ ޖަޒީރާ ރާއްޖެއާއި އެޖެންޑާ 19 ގައިވާ ދަނޑުވެރިކަމުގެ ވަޢުދު ފުރިހަމަ ކުރެވޭނީ، ޤައުމުގައި ދަނޑުވެރިކަން ކުރިއަރުވައިގެންކަމަށް ޤަރާރުގައި ވަނީ ބަޔާން ކުރައްވައިފައެވެ. ދަނޑުވެރިކަމުން ނޫނީ ފުޑް ސެކިއުރިޓީއާއި ކާނާގެ މިންވަރު ރަނގަޅުކޮށް ދަނޑުވެރިން ޙިމާޔަތްކޮށް ފަޤީރުކަމުން އަރައި ނުގަނެވޭނެކަށް ޤަރާރުގައި ވަނީ ބަޔާންކޮށްފައެވެ.
ރާއްޖޭގައި މަހެއްގެ މައްޗަށް ތިން މިލިއަން ޑޮލަރުގެ ކާޑްގެ ބާވަތްތައް ބެނުންކުރާކަމަށް މަޖިލީހަށް މިއަދު ހުށަހަޅާ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ޤަރާރުގައި ބަޔާންކޮށްފައި ވެއެވެ. އެއި 2250 މެޓްރިކް ޓަނުގެ ހަނޑުލާއި 1000 މެޓްރިކް ޓަނުގެ ހަކުރާއި 1200 މެޓްރިކް ޓަނުގެ ފުށެވެ.
މިހާރު ރާއްޖޭގެ ކިޔަވާ ކުދިންގެ އާބާދީއަކީ 80,000 ކަމަށާއި އެއީ އާބާދީގެ 20 އިންސައްތަކަމަށް ޤަރާރުގައި ވަނީ ކަނޑއަޅައިފައެވެ. އެއާބާދިއަށް އަހަރަކަށް ބޭނުންވާނީ 47 ހާސް މެޓްރިކްޓަނުގެ ކާނާކަމަށް ވަނީ ބަޔާން ކޮށްފައެވެ. މި ޢަދަދަށް ކާނާ އުފެއްދުމަށް 1700 ހެކްޓަރުގެ ބިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ