ޓެކްސް ކޮމިޝަނާ ކަމަށް ފޮނުވީ ފަތުހުﷲ އާއި ނާޝިދުގެ ނަން

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އައްޔަން ކުރަން މީރާގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް އިއްވި ރައީސްގެ ސިޓީފުޅުގައިވާ ގޮތުން، އެ މަނިކުފާނު ފޮނުއްވެވި ތަރުތީބުގައި އިސްކަން ދެއްވާފައި ވަނީ ފަތުހުﷲ އަށެވެ. ދެން އޮތީ ނާޝިދުގެ ނަމެވެ.
އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ނަން ވެސް ފޮނުއްވެވިއިރު، އެ ނަންތައް ދިރާސާ ކުރަން މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
މީރާގެ ގާނޫނަށް މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައިވާ ގޮތުން، އެ ގާނޫނު ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ޖެނެރަލް އޮފް ޓެކްޒޭޝަންއާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްޒޭޝަން ހިމެނިވަޑައިގަންނަވާ ގޮތަށް މީރާގެ ބޯޑު އަލުން އެކުލަވާލަން ޖެހެ އެވެ. މިދިޔަ ހޮނިހިރު ދުވަހަށް އެ މުއްދަތު ހަމަވިއިރު، މީރާ މިހާރު އޮތީ ގާނޫނީ ހުސް ކަމެއްގަ އެވެ.
ކޮމިޝަނާ ކަމަށް ކުރިމަތިލެއްވި ބޭފުޅުން
ފަތުހުﷲ ޖަމީލު، ފިނިފެންމާގެ، ތ. ތިމަރަފުށިއިސްމާއިލް ނާޝިދު، ހ. ސެނާ
ޑެޕިއުޓީ ކޮމިޝަނާ ކަމަށް ކުރިމަތިލެއްވި ބޭފުޅުން
މުހައްމަދު ސިރާޖު މުނީރު، ނިއުލައިޓް ޏ. ފުވައްމުލައްއަސްމާ ޝަފީއު، ވައިޖެހޭގެ، ހއ. އިހަވަންދޫއަހްމަދު ޝަރީފު، އަނބުގަސްދޮށުގެ، ނ. މަނަދޫއިސްމާއިލް ސާޖިދު، މއ. ވިލާރޮދިއަހްމަދު ވާފިރު، ވ. އެލަމްހަމްދީ އަގީލް، ހ. ރަންގަލި
ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހަސަން ޒަރީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ