ވިލިނގިލީގައި ފެތުރެމުން ދިޔަ ބަލިމަޑުކަން ކޮންޓްރޯލްކުރެވިއްޖެ

ގއ. ވިލިނގިލީގައި ފެތުރެމުން އަންނަ ޗިކަންގުންޏާއާއި، ޑެންގީ އަދި ވައިރަލް ހުން ކޮންޓުރޯލުވަމުން އަންނަ ކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
ސީއެންއެމް އާ ވާހަކަ ދައްކަމުން އެހޮސްޕިޓަކުން ބުނީ ފެތުރެމުން އަންނަ ބަލިމަޑުކަން މިހާރު ކޮންޓުރޯލުކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް ވުރެ މިހާރު ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދުވެސް މަދުކަމަށް ވެސް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އެހޮސްޕިޓަލުން ބުނިގޮތުގައި މީގެ ކުރިން ދުވާލަކު 50 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަން އަންނަ ކަމަށެވެ. އަދި ހައެއް ނުވަތަ އަށް މީހުން ދުވާލަކު އެޑުމިޓުކުރާ ކަމަށްވެސް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ވިލިނގިލީގައި ޗިކުން ގުންޏާއާއި، ޑެންގީ ހުން އަދި ވައިރަލް ހުމުގެ ސަބަބުން އެރަށު ސުކޫލު ގއ. ވިލިނގިލީ އަތޮޅު ތައުލީމީ މަރުކަޒުގައި ވަނީ ދެ ދުވަހަށް ބައްދުވެސް ކޮށްފައެވެ. މާދަމާ އެސުކޫލުގައި އަލުން ކިޔަވައިދެން ފަށާއިރު އެސުކޫލުގައި ތައުލީމު ހާސިލު ކުރަމުންދަނީ 600 އެއްހާ ދަރިވަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ