ރައީސް ނަޝީދު އިންޑިއާއެކު މަޝްވަރާ ކުރެއްވީ ދަރަނިން ސަލާމްތަވުމަށް

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަރަނިން ސަލާމަތްވާނެ ގޮތާމެދު އިންޑިއާގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް އާ އެކު ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވައިފިއެވެ.
މިއަދު ނިއު ދިއްލީގައި ރައީސް ނަޝީދާއި ސުޝްމާ ސުވަރާޖް ބައްދަލުކުރައްވާފައިވާއިރު ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މައިގަނޑު ތިން މައުލޫއަކަށް މަޝްވަރާކޮށްފައިވާކަމަށެވެ. އެގޮތުން އެއީ މޫސުމަށް އަންނަ ބަދަލުތަކާއި ހައްދު ފަހަނަ އަޅައިގެން ދާ ކަންތައްތަކާއި އަދި ކުރީގެ ސަރުކާރުން ނަގާފައިވާ ދަރަނިތަކުން ލިބޭ ގެއްލުމާ ބެހޭގޮތުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. Delighted to meet Indian External Affairs Minister @SushmaSwaraj in New Delhi today. Good discussion on 3 areas of mutual concern: climate change, extremism, and the danger of Maldives falling into a ‘debt trap’ because of the reckless borrowing of previous administration. pic.twitter.com/E7tWlRVt7N— Mohamed Nasheed (@MohamedNasheed) February 14, 2019
ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ ދެ ޔުނިވާސިޓީއެއްގައި ތަގްރީރު ކުރެއްވުމަށެވެ. ދިއްލީގައި ހުންނަ ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީގައި ތަގްރީރު ކުރައްވަމުން ނަޝީދު ވިދާޅުވީ މިގައުމުގައި ކުރިއަށް އޮތް ސަރުކާރުތަކާއި އެހެން ޖީލުތަކަށް ނުދެއްކޭނެ ވަރުގެ ދަރަންޏެއް ބޮލުއެޅިފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވިގޮތުގައި ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ވެރިކަން ކުރައްވާ ވެރިންނަކީ ކޮރަޕްޓު ބައެކެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހަދިޔާ އަށް އެހެން ފަރާތްތަކަށް ވިއްކާލަށް އެފަދަ މީހެއް ފަސްނުޖެހޭނެ ކަމަށެވެ.
އެގޭ އިތުރުން ނަޝީދު ވިދާޅުވިގޮތުގައި އޭޝިއާ ބައްރުގައި އެފަދަ ސަރުކާރުތައް ހުރި އެހެން ގައުމުތައްވެސް ރާއްޖެ ފަދައިން ވަނީ ޗައިނާއަށް ދަރާފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ