އުނގޫފާރުގެ ނަރުދަމާ އާއި ކުނިކޮށި އަދި އިންޖީނުގެ ރައްޔިތުން ހިންގަން ނިންމައިފި

ރ. އުނގޫފާރު ރައްޔިތުންގެ ނަމުގައި އެރަށު ކައުންސިލުން ހިންގަމުން އަންނަ އިންޖީނުގެ އާއި ނަރުދަމާ އަދި ކުނިކޮށި ހިންގާ ބެލެހެއްޓުން ސަރުކާރުގެ ކުންފުނިތަކަށް ބަދަލުކުރުމާ ގުޅޭގޮތުން އެރަށުގެ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނަގައިފި އެވެ.
މިއަދު ނެގުނު ސިއްރު ވޯޓުގެ ނަތީޖާ އަށް ބަލާއިރު ގިނަ ބަޔަކު ވޯޓު ލާފައިވަނީ ހިދުމަތްތައް ކުރިން ދެމުން އައި ގޮތަށް އުނގޫފާރު ކައުންސިލުން ދިނުމަށެވެ. އެގޮތުން ޖުމްލަ 124 މީހުން ވަނީ ވޯޓުލައިފަ އެވެ.
ޖުމްލަ 59 މީހުން އެމްޑަބްލިއުއެސްސީ އާ ހަވާލު ކުރަން ފެންނަ ކަމަށް ވޯޓު ލާފައިވާއިރު ފެނަކަ އާ ހަވާލުކުރަން ފެންނަ ކަމަށް ބުނެ ހަ މީހުން ވަނީ ވޯޓު ލާފައެވެ. މިވޯޓުގައި ޖުމްލަ 192 މީހުން ވަނީ ވޯޓު ލާފައެވެ.
ސޯޅަ ސަތޭކައަށްވުރެ ގިނަ މީހުން އާބާދުވެފައިވާ އުގޫފާރުގައި ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ހިދުމަތް ދޭން ފެށީ 1997 ވަނަ އަހަރު އެވެ.
ރައްޔިތުންގެ ނަމުގައި ހިންގަމުން އަންނަ އެ ތަންތަން ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރުމާކުރުމާއި މެދު ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓް ނެގުމަށް، އެރަށު ކައުންސިލުން ފާސްކުރީ ކައުންސިލްގެ 88 ވަނަ ބައްދަލުވުމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ