އެމްޑީޕީގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް މިލިއަނުން ފައިސާ ދެނީ!

އިބްރާހިމް މުހައްމަދު ސޯލިޙް ވެރިކަމަށް ވަޑައިގެންފަހުން އެމްޑީޕީގެ އެކި އެކްޓިވެސްޓުންގެ 3 ކުންފުންޏަކަށް 500 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދިނުމަށް ކޯޓު ތަކުން ހުކުމްކޮށްފިއެވެ. އޭޕްރީލް މަހުގެ 18 ވަނަ ދުވަހު، އުތުރު ޕްރޮވިންސް (ނ، ރ، ބ، އަދި ޅ އަތޮޅު) ގެ ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކުރިން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ. މީގެއިތުރުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް، މައްސަލަ ބަލާފައިވަނީ އިސްތިއުނާފް ކުރުމަށް ޤާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތު ފާއިތުވެގެންދިޔަ ފަހުން ކަމަށް ވަނީ ހުކުމްކޮށްފައެވެ. އަދި މި މައްސަލައިގައި 23 އޮކްޓޫބަރު 2014 ގައި ސިވިލް ކޯޓުން ހުކުމް ކުރި ގޮތަށް ފައިސާ ދައްކާ ދަރަނި ޚަލާސްކުރުމަށް ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ވަނީ ދަމަހައްޓާފައެވެ. މިއީ މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު ހިންގާފައިވާ މުއާމަލާތެކެވެ. އަދި އެ ކުންފުންޏަށް ދިން ޕްރޮޖެކްޓް ރައީސް ވަހީދުގެ ސަރުކާރުގައި ބާތިލް ކުރުމުން އެ ކަމުގައި އަނެއްކާވެސް ހިފާ އެ ފައިސާ އެމްޑީޕީގެ ސަރުކާރުގައި އަނެއްކާވެސް މިވަނީ ހޯދާފައެވެ. މަޢުލޫމާތު ލިބޭގޮތުގައި މިއީ މުހައްމަދު ނަޝީދާއި ގާތްގުޅުމެއް އޮންނަ ފަރާތެއްގެ ކުންފުންޏެކެވެ. މިފަދައިން މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެކި ގޮތްގޮތުން ވިޔަފާރީގެ މުއާމަލާތް ހިންގާފައިވާ ފަރާތްތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ހޯދުމަށް އަވަސް އަރުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން އެމްޑީޕީގެ އެކި އެކްޓިވިސްޓުންނާއި މަސްލަހަތު އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ މިވަނީ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ލިބިފައެވެ. މިއީ ހަމަ އިއްތިފާޤެއް ބާވައެވެ؟ ނޫނީ އެމްޑީޕީއަށް އެކި ގޮތްގޮތުން ފަންޑު ހޯދުމަށް ބަޔަކު މީހުން ރާވައިގެން ހިންގާ ޖަރީމާއެއް ބާވައެވެ؟ އެކި މީސް މީހުންގެ ބޮލުގައި ވަގު ތުހުމަތު އަޅުވާ އެމްޑީޕީން މިފަހަރު ދައުލަތުގެ މާލިއްޔަތު ކަހާލުމުގެ މަސައްކަތް ފަށާފައިވާކަން އެބަ ފެނެއެވެ. މީގެއިތުރުން ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ފައްޔާޒުގެ ކޮއްކޮ އަދި ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓް ހިއްސާ އޮންނަ ބިގް ކުންފުންޏަށް ދައުލަތުން 78 މިލިއަން ރުފިޔާ ދިނުމަށްވެސް ވަނީ ނިންމާފައެވެ. ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރީ އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބެން ޖެހޭ 5 މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، 78 މިލިއަންގެ ތެރެއިން 72.9 މިލިއަން ރުފިޔާ އަކީ ޖޫރިމަނާ އެވެ. އަދި މި މައްސަލަ މިހެން އޮއްވާ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމާއި ހަވާލުވަޑައިގެން ފަހުން ދައުލަތުން ވަނީ އެ ފައިސާ ބިގް ކުންފުންޏަށް ދިނުމަށް ނިންމާފައެވެ. 
ރާއްޖޭގެ އެތައް ބައިވަރު ވިޔަފާރި ވެރިންނަށާއި ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފައިވާ އެތައް މައްސަލަތަކެއް ވެއެވެ. ނަމަވެސް މި މައްސަަލަތައް މި ގޮތަށް އޮއްވާ ކުއްލިއަކަށް އެމްޑީޕީގެ މަސްލަހަތު އޮންނަ ބައެއްގެ ކުންފުންޏަކަށް މިފަދަ ބޮޑު އަދަދެއް ދިނުމަށް ނިންމުމުން ސަރުކާރުގެ ތެރެޔަށް ނުފޫޒު ވަދެފައިވާ މިންވަރު ހާމަވެއެވެ. އަދި ވަކި ބައެއްގެ މަސްލަހަތު އިސްކޮށް ކަންކަން ކުރަމުންދާ މަންޒަރު ފެނެއެވެ. އަދި ރައީސް އިބްރާޙިމް މުހައްމަދު ސާލިޙް ސަރުކާރުން ބާރުގެ ނަހަމަ ބޭނުން ހިފަމުންދާ ކަން ހާމަވެއެވެ. މީގެއިތުރުން މިދިޔަ މަހުގެ ތެރޭގައި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކަސްޓަމްސްގެ މައްޗަށް ވެސް ވަނީ ހުކުމް ކޮށްފައެވެ. މައުސޫމުގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރީ އެ ކުންފުނިން ރާއްޖެ އެތެރެކޮށްފައިވާ ސިނގިރޭޓަށް ދެއްކި ޑިއުޓީގެ މައްސަލައެއްގައެވެ. މައުސޫމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އެގޮތުން މައުސޫމް ވަނީ ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާ ކުރައްވާފައެވެ. އޭނާ އަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ. މީގެއިތުރުން، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ރިޕޯޓުގައިވާ ގޮތުން އެސްއޯއެފުން މައުުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ އަށް 5.7 މިލިއަން ޑޮލަރު (88.5 މިލިއަން ރުފިޔާ) ޖަމާކޮށްފައިވެއެވެ. މި މައްސަލައިގައި މި ސަރުކާރުން މައުސޫމް ސަސްޕެންޑުކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މައުސޫމަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި މައުސޫމްގެ ދިފާއުގައި ނަޝީދުވަނީ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. 
އެހެންކަމުން އަޅުގަނޑުމެންނަށް މިއަދު މި ފެންނަ މަންޒަރަކީ މައުސޫމު، ހަސަން އިސްމާޢިލް ފަދަ ބޭފުޅުންގެ ކުންފުނިތަކަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ތަނެވެ. އަދި ބޮޑެތި ހިޔާނާތްތަކުގައި ޝާމިލްވި ފަރާތްތަކުގެ ދިފާއުގައި އެމްޑީޕީއާއި މުހައްމަދު ނަޝީދު ނިކުމެވަޑައިގެން ހުންނެވި މަންޒަރެވެ. ދުލުގައި ނަޒާހަތްތެރި ލަފުުޒު ބާއްވައިގެން ވައްކަމުގެ ތެރޭގައި އުޅޭ މަންޒަރެވެ. އެމްޑީޕީގެ އަސްލު ސިފަތައް މިހާރު މިވަނީ ހާމަވާން ފަށާފައެވެ. ވެރިކަން ލިބުނުތާ މިވީ މަދު ދުވަސްކޮޅުގެތެރޭގައި 500 މިލިއަން ރުފިޔާ ސީދާ އެ ޕާޓީގެ އެކްޓިވިސްޓުންނަށް ވަނީ ހޯދާދީފައެވެ. 
އެމްޑީޕީ
ބިގް ކުންފުނި
ދީބާޖާ އިންވެސްޓްމަންޓް
އިބްރާހިމް މުހައްމަދު ޞޯލިހު
މުހައްމަދު ނަޝީދު
13
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
އެމްޑީޕީގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް މިލިއަނުން ފައިސާ ދެނީ!
2 މިނެޓް ކުރިން
ރަނގަޅަށް ނިދުމަކީ ކިހާ މުހިންމު ކަމެއްކަން އެނގޭތަ؟
22 ގަޑި ކުރިން
ދަރިއަކު ހޯދާކަށް އަދި ބޭނުމެއް ނޫން- ނިކް
22 ގަޑި ކުރިން
މަރުތައް ބަލާ ކޮމިޝަނަށް ޝުމްބާ ހާޒިރު ކޮށްފި
23 ގަޑި ކުރިން
ދީން ޤަބޫލު ނުކުރާ ކަމަށް ބުނި އެކްޓްރެސްއަށް އެތައް ބައެއްގެ ފާޑު ކިޔުން
23 ގަޑި ކުރިން
ރެޑް ނޯޓިސް ބާޠިލު ކުރީ ވަކި ބަޔަކު ހައްޔަރުކުރުމަށް މަގު ފަހި ކުރުމަށް: ނިހާން
1 ދުވަސް ކުރިން
ދީން ޤަބޫލު ނުކުރާ ކަމަށް ބުނި އެކްޓްރެސްއަށް އެތައް ބައެއްގެ ފާޑު ކިޔުން
23 ގަޑި ކުރިން
ދަރިއަކު ހޯދާކަށް އަދި ބޭނުމެއް ނޫން- ނިކް
22 ގަޑި ކުރިން
މަރުތައް ބަލާ ކޮމިޝަނަށް ޝުމްބާ ހާޒިރު ކޮށްފި
23 ގަޑި ކުރިން
ރަނގަޅަށް ނިދުމަކީ ކިހާ މުހިންމު ކަމެއްކަން އެނގޭތަ؟
22 ގަޑި ކުރިން
އެމްޑީޕީގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް މިލިއަނުން ފައިސާ ދެނީ!
2 މިނެޓް ކުރިން
ގުޅުން ހުރި
އެމްޑީޕީގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް މިލިއަނުން ފައިސާ ދެނީ!
2 މިނެޓް ކުރިން
34
0
ފައިސާއާއި ނުފޫޒުން، އެމްޑީޕީއަށް ގޮނޑިތައް
1 ހަފްތާ ކުރިން
2147
0
ރައީސް ސާލިޙުގެ އެޖެންޑާ: ރައީސް ޔާމީންގެ އަޑު ކަނޑުވާލުން!
1 މަސް ކުރިން
1071
0
ރައީސް ޔާމީންގެ އިރުޝާދު މުހިންމު: ދީނާއި ޤައުމު ހިމާޔަތް ކުރަން ޖެހިއްޖެ!
1 މަސް ކުރިން
1118
0
ހޯމް
ނިއުސް ޑްރޮޕް
އަހަރެމެން
© 2017 Channel13 - 13news.mv
jwplayer.key='g3mGrL4oq8GfnuBRKaRVaJ8sb+rVFrqUiBGwog==';Loading...
var playerInstance = jwplayer('mediaplayer');
playerInstance.setup({playlist: [{sources: [
{file: 'rtmp://fl1.viastreaming.net:1935/channel13/livestream'},
{file: 'http://fl1.viastreaming.net:1935/channel13/livestream/playlist.m3u8'}]}],
primary: 'html5', autostart: 'false', width: '100%', height: '350'});
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ