އޫދު އަލް ސަބާޔާގެ މާލެ ފިހާރާގެ ބިއްލޫރިގަނޑު ތަޅާލަައިފި

އޫދު އަލް ސަބާޔާގެ މާލެ ފިހާރާގެ ބޭރު ބިއްލޫރިގަނޑު މިރޭ ތަޅާލަައިފިއެވެ.
މިރިޔަސް މަގުގަައި ހުންނަ އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފަައި ވަނީ މިރޭ 2:20 ހާާއިރުއެވެ. އެ މައްސަލަ ފުލުހަށްވެސް ވަނީ ހުށަހަޅާފައެވެ.
އޫދު އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ހުޅުމާލޭގައި އެ ބްރޭންޑްގެ އޮތޮރަައިޒް ޑިސްޓްއުޓަރކަން ޝަރޫ ފިހާރައަށް ދިންކަން އިއުލާނު ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ކަމަށެވެ.
“ހުޅުމާލޭގަައި އޫދު އަލް ސަބާޔާގެ އެޖެންޓެއް ހަމަޖެއްސީމަހެން ހީވަނީ މިހެން ހެދީ. އޭގެން ދޭހަވަނީ އެބައެއްގެ ކިބާގައި ނެތޭ ހިތްވަރެއް ވާދަކުރެވޭނެ”. އޫދު އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވިއެވެ.
ޝަބީން ވިދާޅުވީ، އިރާދަކުރެއްވިއްޔާ އޫދު އަލް ސަބާޔާ ދާނީ ކުރިއަށް ކަމަށެވެ.
“އަތުން ފައިން ގޯސް ހެދުމަކީ ހައްލެއް ނޫން. އަދި އެކަން ކުރި ބަޔަކަށް މާފްކޮށްފިން”. ޝަބީން ވިދާޅުވިއެވެ.
އޫދް އަލް ސަބާޔާ ބްރޭންޑަކީ ދިވެހިން ވަރަށް ގަޔާވާ އަތަރު ބްރޭންޑެކެވެ. އެ ބްރޭންޑްގެ އެކި ވައްތަރުގެ އަތަރާއި، ޕާފިއުމްވެސް ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ