ތިން ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި

ތިން ސިޔާސީ ޕާޓީއަކަށް ޖުމްލަ 11 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފިއެވެ.
އީސީން ބުނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ޕާޓީތަކަށް ފައިސާ ދޫކުރަމުން ގެންދާއިރު މިދިޔަ ބުރާސްފަތި ދުވަހު ތިން ޕާޓީތަަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
އެގޮތުން އެދުވަހު އެމްޑީޕީއަށް 5.8 މިލިއަން ރުފިޔާ، ޕީޕީއެމްއަށް 3.9 މިލިއަން ރުފިޔާ އަދި ޖުމްހޫރީ ޕާޓީއަށް 1.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަަށް އެ ކޮމިޝަނުން ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ ގާނޫނުގައި ވާ ގޮތުން ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލަ އެވެ.
އެގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ