ސަރުކާރާ ދެކޮޅަށް ސިޔާސީ މުވައްޒަފުން ޚިޔާލުފާޅުކުރުން މަނާ!

ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަންކުރާ މުވައްޒަފުން ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް، ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާ ދެކޮޅަށް ދެކޮޅަށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރުން މަނާކޮށްފި އެވެ.
ސިޔާސީ މުވައްޒަފުންގެ ގޮތުގައި ބަލަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކުން ސޮއިކުރާ ލިޔުމަކުން ވަޒީފާ ހަމަޖައްސާ މީހުންނެވެ.
ސަރުކާރުން އެގޮތަށް ނިންމީ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލުށް ގެނައި 10ވަނަ އިސްލާހުގަ އެވެ.
ގެޒެޓުގައި ޝާއިއުކޮށްފައިވާ އެ އުސޫލުގައި ހިމެނޭ ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގައި ބުނާ ގޮތުން ސަރުކާރުން ނިންމާ އެންމެހާ ނިންމުންތައް ސިޔާސީ މުވައްޒަފުން ބަލައިގަންނަންވާނެ އެވެ. އަދި އެފަދަ ނިންމުމަކާ ހިޔާލުތަފާތުވި ނަމަވެސް، އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގައާއި އާންމު ތަންތަނުގައި ނުވަތަ މީޑިއާތަކުގައި ވާހަކަ ދެއްކުމާއި ނޫސް މަޖައްލާ އަދި ސޯޝަލް މީޑިއާގައި ލިޔުމަކީ މަނާ ކަމެކެވެ.
ހަމައެއާއެކު ސަރުކާޜުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށޫ އަރާ ކަމަކަށް މަގުފަހިވެދާނެ އުސޫލެއް ނުގެންގުޅެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.
މީގެ އތުރުން ސަރުކާރުގެ އެއްވެސް މުދަލެއް، ނުވަތަ ފައިސާއެއް، ނުވަތަ ވަސީލަތެއް، މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކަށް މެނުވީ ބޭނުން ނުކުރުމަށާއި ރަސްމީ ގަޑީގައި، މުވައްޒަފު އެހެން އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށްވެސް އުސޫލުގައި ވެއެވެ.
އަދި މަގާމުގެ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ އެއްވެސް މައުލޫމާތެއް އަމިއްލަ މަސްލަހަތެއް ނުވަތަ އެއްވެސް ގުޅުމެއް އޮތް މީހެއްގެ މަސްލަހަތެއް ހާސިލުކުރަން ބޭނުން ކޮށްގެން ނުވާނެ ކަމަށާއި ސިއްރު ހިފަހައްޓަން ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.
އެ އުސޫލާއެކު ރަސްމީ ގަޑީގައި އެހެން ވަޒީފާއެއް އަދާކުރުން ވެސް މަނާ ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ