ދާއިރާއަށް މުހިއްމު ބަދަލުތަކެއް އަންނާނެ ތައުލީމުގެ ބިލް މަޖިލީހުން ފާސްކޮށްފި

ދާއިރާއަށް މުހިއްމު ބަދަލުތަކެއް އަންނާނެ "ތައުލީމުގެ ބިލް"، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުުހައްމަދު މުމްތާޒް، ޑިސެމްބަރު 8، 2019 ގައި ހުށަހެޅުއްވި ތައުލީމުގެ ބިލް ފާސްވީ 55 މެމްބަރުންގެ ވޯޓުންނެވެ.
އެ ބިލް ފާސްކުރަން މީގެ ކުރިން ވެސް މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ. އެކަމަކު ބިލް އަލުން ދިރާސާކުރުމަށް މަޖިލީހުގެ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް އަލުން ފޮނުވާލީ އެވެ. އެހެންވެ ތައުލީމުގެ ބިލް އިސްލާހުކޮށް، އޮކްޓޯބަރު 13 ގައި ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ވަނީ ބައެއް ބަދަލުތައް ގެނެސް ފާސްކޮށް އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.
ތައުލީމުގެ ބިލް ބުނާގޮތުން ރާއްޖޭގައި ޕްރީ ސްކޫލު ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމް އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އަދި ދިވެހި ބަސް ކިޔަވައިދޭން ޖެހޭނެ އެވެ.
ރާއްޖޭގައި އުޅޭ 4-16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމް ލާޒިމްވާނެ ކުއްޖެއް ކަމަށާއި ޕްރީސްކޫލު ތައުލީމް ވެސް ހިލޭ ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
Teachers license muhimmu, ekamaku eyge kurin kuran jehey kanakan gina
Mihaaru
ދިވެހި ދަރިވަރުންނެކޭ އެއްގޮތަށް ބޭރުގެ ދަރިވަރުންނަށް ވެސް ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔެވުމުގެ ހައްގު ލިބެ އެވެ. ސަރުކާރުން ކަނޑައަޅާ ވަކި ސިޔާސަތެއްގެ ދަށުން ރާއްޖޭގައި އުޅޭ ބިދޭސީ ދަރިވަރުންނަށް ވެސް ހިލޭ ކިޔަވައިދެވޭނެ ކަމަށް ބުނެފައި ވެ އެވެ.
ސަރުކާރުގެ ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެހެން ތަންތަން ހިންގަންވާނީ، ތައުލީމީ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންނެވެ. އޭގެ ތެރޭގައި ބޭބީ ނާސަރީއާއި ނާސަރީ، ޓިއުޝަން ދޭ ތަންތަން އަދި ގުރުއާން ކްލާސްތައް ހިިމެނެ އެވެ،
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގަމުން އައި ތަންތަން، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދެ އަހަރުގެ ތެރޭގައި ރަޖިސްޓްރީކުރަންޖެހޭއިރު އެފަދަ ރަޖިސްޓްރީއެއް ނެތި ހިންގަމުންދިޔަ ތަންތަން ވެސް، ތައުލީމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ޖެހެ އެވެ.
ޓީޗަރުން ރަޖިސްޓްރީކުރުން، އެންމެ ބޮޑު ބަދަލު
މިހާތަނަށް ރާއްޖޭގައި ކިޔަވައިދެމުން އައީ ޓީޗަރުންނަށް ވަކި ހާއްސަ ލައިސަންސެއް ނެތި އެވެ. ނަމަވެސް މަޖިލީހުން މިއަދު ފާސްކުރި ބިލާއެކު، ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ އިތުރުން އެ ނޫން ވެސް ތަނެއްގައި ކިޔަވައިދޭނަމަ ރަޖިސްޓްރީކުރުން މަޖުބޫރުވާނެ އެވެ.
ޓީޗަރުން ރަޖިސްޓްރީކުރުމާ ގުޅޭ ހުރިހާ ކަމެއް ކުރުމަށް، ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓަރު ވަކި ބޯޑެއް އުފައްދަވަންޖެހެ އެވެ. އެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓަރު އައްޔަންކުރައްވާ ރަޖިސްޓްރާ އެވެ. އެ ރަޖިސްޓްރާއަކީ، އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރައްވާ، ޑެޕިއުޓީ މިނިސްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރައްވާ ބޭފުޅަކަށް ވާންޖެހެ އެވެ.
ރަޖިސްޓްރާގެ އިތުރުން ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، އެޑިއުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާގެ ބޭފުޅަކާއި ކިޔަވައިދިނުމުގެ ދާއިރާގެ ފަރާތަކާއި ތައުލީމީ މަންހަޖު އެކުލަވަލައިލުމުގެ ދާއިރާގެ ފަރާތަކާއި ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިއުކޭޝަނަލް ސައިކޮލޮޖީގެ މީހެކެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިދުމަތުގައި ތިބި ޓީޗަރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ އެވެ.
މި ގާނޫނަށް އަމަލުކުރާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެންމެ އަވަހަށް ދިރާސީ އަހަރު ފެށޭ ތާރީހެއްގަ އެވެ. އަންނަ އަހަރުގެ ދިރާސީ އަހަރު ފަށަން ހަމަޖައްސާފައިވަނީ ޖެނުއަރީ 10، 2021 ގަ އެވެ. ނަމަވެސް ދިރާސީ އާ އަހަރު ފަށާނީ އަންނަ އަހަރުގެ އޮގަސްޓް 10 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ