މިއަދު ޕޮޒިޓިވްވީ 51 މީހުން

ރާއްޖެއިން އިތުރު 51 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 28 މީހުން ނިސްބަތްވަނީ ރިސޯޓުތަކަށް ކަމަށެވެ. އަދި މާލެ ސަރަހައްދުން 19 މީހަކު ޕޮޒިޓިވްވެފައިވާ އިރު 3 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުންނެވެ.މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،513 އަށް އަރާފައެވެ.ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 917 ކޭސް އެވެ. ފާއިތުވި 24 ގަޑިއިރު ތެރޭ 35 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 13،540 އެވެ.މި ބަލީގައިި 49 މީހަކު ރާއްޖޭގައި ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ