ރާއްޖޭގައިވެސް ކުރިއަށް އެގެންދަނީ އިސްލާމްދީން ހަލާކުކޮށްލާނެ ގޮތުގެ މިޕްލޭނެވެ! ވިސްނާށެވެ!

ޑރ. މުޞްޠަފާ މަޙުމޫދު "ޤިރާއަތުލް މުސްތަޤްބަލު" މި ފޮތުގައި ، މުސްތަޝްރިޤަކު ހުޅަނގަށް ހަދިޔާކޮށްފައިވާ އިސްލާމްދީން ހަލާކުކޮށްލާނެ ގޮތުގެ ޕްލޭނެއް  ގެނެސްފައިވެއެވެ. 
އެބައިމީހުންގެ ކާބަފައިންގެ ޙަޟާރަތް ފުނޑާލަން ބޭނުން ކަމުގައިވާނަމަ 3 ވަސީލަތެއް ބޭނުން ކުރާށެވެ. 
1- ޢާއިލާތެރެ ހަލާކުކޮށްލާށެވެ. (މުޖުތަމަޢު) 
2- ތަޢުލީމީ ނިޒާމު ހަލާކުކޮށްލާށެވެ. 
3- އެބައެއްގެ ތެރޭގައިވާ ރިވެތި ނަމޫނާތައް (ރަސޫލުން ، ޞަޙާބީން ، ޢިލްމުވެރީން) ، އަދި މަރުޖިޢުތަކުގެ ހައިބަތު ގެއްލުވާލާށެވެ. (އެބަހީ މީސްތަކުން ކުރާ ޤަދަރު ގެއްލުވާލާށެވެ.) 
ޢާއިލާތެރެ ފުނޑުކޮށް ޚަރާބު ކޮށްލުމަށް ، މަންމަގެ ދައުރު ޢާއިލާގެ ތެރެއިން ގެއްލުވާލާށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމަށް މައިން ގޭގައި  އިނުމަކީ އެއީ ޢައިބު ކަމެއްކަމުގައި ދައްކުވާށެވެ. 
ތަޢުލީމީ ނިޒާމު ފުނޑާލުމަށް ، މުދައްރިސުންނަކީ އެންމެ ބޮޑު ޓަރގެޓްކަމުގައި ހަދާށެވެ. އަދި މުޖުތަމަޢުގައި އެމީހުންނަކީ އެއްވެސް އަގެއް ހުރި ބަޔަކު ކަމުގައި ވިޔަ ނުދޭށެވެ. އަދި އެމީހުންގެ ދަރިވަރުން އެމީހުންނަށް އިޙްތިރާމްކުރުމާއި ކިޔަމަންތެރިވުން ގެއްލުވާލާށެވެ. 
ރިވެތި ނަމޫނާތައް ފުނޑާލުމަށް ، ޢިލްމުވެރިންގެ ޢަބުރާއި ޢިއްޒަތް ގެއްލުވާލާށެވެ. އެމީހުންނަށް ކުރާ އިޙްތިރާމް ގެއްލުވާލާށެވެ. އެމީހުންނާއި މެދުގައި މީސްތަކުންގެ ހިތްތަކުގައި ޝައްކު އުފައްދާށެވެ. އެމީހުންގެ ވާހަކަތައް އަޑުއެހުމުން މީސްތަކުން ދުރުވެ އެމީހުންނަށް ތަބަޢަވުން ހުއްޓާލައިފުމަށް ދާންދެނެވެ.
މިއީ އިސްލާމީ ގިނަ ޙަޟާރަތްތައް ހަލާކުކޮށްލުމަށް ބޭނުން ކުރަމުން އައި ޕުލޭންއެވެ. މިއަދު ދިވެހި މިފަސްގަނޑުގައި ވެސް މިޕުލޭން ރާވައި ތަންފީޒުކުރުމުން ދަނީއެވެ. ވިސްނާށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ