އިންޑިއާ އިން ޑޯނިއާ ފްލައިޓެއް ރާއްޖެ އަށް ހަދިޔާކޮށްފި

އިންޑިއާގެ އަސްކަރިއްޔާ އިން ޑޯނިއާ ފްލައިޓެއް ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.
މިއީ އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު 2016 ވަނަ އަހަރު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއާ ފްލައިޓެކެވެ.
މި ޑޯނިއާ އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ. މި ބޯޓު އޮންނާނީ ހަނިމާދޫ އެއާޕޯޓުގައެވެ.
މިބޯޓުގެ ބޭނުންކޮށްގެން ސަރޗް އެންޑް ރެސްކިޔު ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ އިތުރުން އީއީޒެޑް ސަރަހައްދު ބެލެހެއްޓުމާއި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ސިފައިންނާ ގުޅިގެން ހިންގާ އޮޕަރޭޝަނަކަށް އިންޑިއާ ޑޯނިއާ ފްލައިޓެއް މި މަހުގެ ކުރީކޮޅު ވަނީ ރާއްޖެ އައިސްފައެވެ. އެ އޮޕަރޭޝަން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
2009 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކުރިޔަށްދާ މި ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގަމުންދޭތޯ ވަނީ ބަލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ