އިންޑިއާއިން ރާއްޖެއަށް ޓީބީ ބޭސް ހަދިޔާ ކޮށްފި

އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް އެންޓި-ޓިއުބަކިއުލޮސިސް (ޓީބީ) ބޭސް ހަދިޔާ ކޮށްފިއެވެ.
މި ހަދިޔާކުރި އެންޓި-ޓީބީ ބޭސް ބޭނުން ކުރާނީ 2025ގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށެވެ.
އިންޑިއަން ހައި ކޮމިޝަނުން ބުނީ، މި ހަދިޔާކުރި ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 ވުރެ ގިނަ ޓެބްލެޓް ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި މަލްޓި-ޑްރަގް-ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމްޑ.އާރް- ޓީބީ) ވެސް ހިމެނެއެވެ.
މި އެންޓި-ޓީބީ ބޭސްތައް ހަދިޔާ ކޮށްފަ އިވަނީ އިންޑިއާގެ ނެއިބަާހުޑް ފަސްޓް ސިޔާސަތުގެ ދަށުން ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމް(އެންޓީއީޕީ)ގެ ސްޓޮކް އިންނެވެ. އިންޑިއާއިން ބުނީ ރާއްޖޭގެ ސަރުކާރުން ސިއްހީ ދާއިރާގެ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ.
ޓިއުބަކިއުލޮސިސް (ޓީބީ) އަކީ ސަލާމަތްތެރިވެ އެއިން ރަނގަޅު ވެވޭދަފަ ބައްޔެއް ކަމުގައި ވިޔަސް، އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ އެއް ބައްޔެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ