ޓޯނީ ބްލެއަރ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަނީ

އިގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އަމިއްލަ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތައް ހަމަޖެހިފައިވާ ކަމަށް ސީއެންއެމަށް މައުލޫމާތު ލިބިއްޖެ އެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓޯނީ ބްލެއަށް މިމަހުގެ ދެ ވަނަ ދުވަހު ރާއްޖެ ވަޑައިގެން ހުންނެވުމަށް ހަމަޖެހިފައި ވަނީ ފޯސީސްންގެ ރިސޯޓެއްގައެވެ. 1960 ވަނަ އަހަރު އިގިރޭސި ވިލާތުގައި އުފެދި މުޅި ދުނިޔެއަށް ފުޅާވެގެން ގޮސްފައިވާ ފޯސީސަނުން ރާއްޖޭގައި ދެ ރިސޯޓެއް ހިންގައެވެ. އެއީ ފޯސީސަން ކުޑަ ހުރާއާއި ލަނޑާގިރާވަރެވެ. ބުލެއަރ ރާއްޖެ ވަޑައިގެން ހުންނަވާނީ މީގެން ކޮން ރިސޯތެއްގައި ކަމެއް އެގިފައެއް ނުވެއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުފުޅުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ޓޯނީ ބްލެއަރ އަންނަ ހޯމަ ދުވަހުގެ ވަގުތެއްގައި އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ.
ޓޯނީ ބްލެއަރ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1953 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ. އިގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވެ ވަޑައިގެން ހޮވާ ކުރައްވާފައި ވަނީ 1997 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު އެވެ. އެއަށް ފަހު ދެ ދެއުރުގެ ވެރިކަމެއް ކުރެއްވުމަށް ފަހު ވެރިކަމުން ފައިބައިވަޑައިގެންނެވީ 27 ޖޫން 2007 ގައެވެ. ޓޯނީ ބްލެއަ އަކީ އޭގެ ކުރީގައިވެސް އެގައުމުގެ މަޖިލިސް މެމްބަރެކެވެ. 1983 ވަަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާއި ހަމައަށް ސެގްފީލްޑްގެ މެމްބަރެެއްގެ ގޮތުގައި ހުންނެވި އެވެ. އަދި 1994 ވަނަ އަހަރުން ފެށިގެން ވެރިކަމުން ދުރުވަންދެން ލޭބަރ ޕާޓީގެ ލީޑަރގެ ގޮތުގައި ހުންނެވި އެވެ. މިހުރިހާ މަގާމެއް ޓޯނީ ބްލެއަރ ދޫކުރެއްވީ ވެރިކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ސިޔާސީ ކަންތައްތަކުން ރިޓަޔަރ ކުރެއްވުމުގެ ގޮތުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ