ކެބިނެޓުގައި ހިމެނިވަޑައިގެންނަވާ ހުރިހާ ނަންފުޅުތަކަށް ތާއީދު ނުކުރާނެކަން ސަރުކާރުން ޤަބޫލުކުރަންވާނެ: ތަސްމީން

19:00އަލުން އެކުލަވާލާފައިވާ ކެބިނެޓުގައި ހިމެނިވަޑައިގެންނަވާ ހުރިހާ ނަންފުޅުތަކަށް ތާއީދު ނުކުރައްވާނެކަން ދިވެހި ސަރުކާރުން ޤަބޫލުކުރަންވާނެ ކަމަށް ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާ އަރިހުގައި ދަންނަވާފައިވާނެ ކަމަށް އިދިކޮޅު ޑީއާރުޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރ އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.ތަސްމީން މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ކުރުބާ އައިލެންޑް ރިސޯޓްގައި ސްރީލަންކާގެ ރައީސް ރާޖަޕަކްސާ އާއެކު ޕާޓީތަކުން ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދާއި ޕީއޭގެ ނައިބު ރައީސް އަހުމަދު ނާޒިމާ އެކު ދެއްވި މި އިންޓަވިއުގައި ތަސްމީން ވިދާޅުވީ އެ މަޝްވަރާ ބައްދަލުވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އަވަސްކުރުމާ ބެހޭ ގޮތުންނާއި މަޖިލީހުގެ މެންބަރުނަށް ކުރިމަތިވެފައިވާ ފިއްތުންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ