އަފްރާޝީމުގެ މަރުގެ ތަހުގީގަކީ އިންތިހާބަށް ނުފޫޒް ފޯރުވާ އެއްޗަކަށްވެގެންނުވާނެ: ރައީސް ނަޝީދު

އުނގޫފާރު ދާއިރާގެ މެމްބަރު ޑރ.އަފްރާޝީމު އަލީގެ މަރުގެ ތަފްސީލުތަކަކީ އުނގޫފާރު ދައިރާގެ ބައިއިލެކްޝަނަށް ނުފޫޒު ފޯރުވަން ބޭނުން ކުރާ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އުތުރަށް ކުރަމުން ގެންދާ ދަތުރުގައި ރޭ ށ.ކަނޑިތީމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އަފްރާޝީމްގެ މަރުގެ ތަފްސީލް ހާމަކުރަން އެންމެ މުނާސަބު ވަގުތަކީ، ވޯޓަށް ނުފޫޒު ފޯރުވައި، ޕީޕީއެމްއަށް އެ ދާއިރާގެ ގޮނޑި ކާމިޔާކޮށް ދިނުމަށް އެންމެ މުނާސަބު ވަގުތު ކަމުގައި ވެގެންނުވާނޭ ކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަފްރާޝިމުގެ މަރުގެ ތަހުގީގަކީ ސިޔާސީ ބޯޅައަކަށް ސަރުކާރުން ހަދާފައިވާ ކަމަށައި އެކަން އެގޮތަށް ނުކުރަން ގޮވާލާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޑރ.އަފްރާޝިމަކީ އެމްޑީޕީއާއި އެއްގޮތް ވިސްނުމެއް ދީނީ ކަންކަމުގައި ގެންގުޅުއްވި ބޭފުޅެއް ކަމަށާއި އަފްރާޝީމާއި މީގެ ކުރިން ވެސް އަދާލަތު ޕާޓީ އަޑިގައި އޮވެ ކަންތައްތަކެއް ހިންގާފައިވާ ކަމަށެވެ. ރައީސް ނަޝިދުވަނީ އަފްރާޝިމުގެ މަރު އެމްޑީޕީގެ ބޮލުގައި އެޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން މީގެ ކުރިން ވެސް ފާހަގަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ