ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި

ޗައިނާގައި ފެތުރެން ފެށި ވައިރަސް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެން ފެށުމާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯ އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ. މިކަން އިއުލާންކޮށްފައި ވަނީ މިރޭ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ޗައިނާގައި ވައިރަސް ފެތުރޭތީ ނޫން ކަމަށާއި ނަމަވެސް ސިއްހީ ނިޒާމު ބަލިކަށި، އެކަމާ ކުރިމަތިލާން އެންމެ އެކަށޭނެ ގޮތެއްގައި ތައްޔާރުނުވެވި ތިބި ގައުމުތަކުގައި ވައިރަސް ފެތުރެން ފަށާފާނެތީ ކަމަށް ޑަބްލިއު. އެޗް.އޯ. ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ. އަދި އެއީ ޗައިނާ އާ ދެކޮޅާށް ނެގޭ އިތުބާރު ނެތް ކަމުގެ ވޯޓެއް ނޫން ކަމަށާއި ޗައިނާއަށް ވަރިސް ފެުތުރން ކޮންޓްރޯލް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ޑރ. ޓެދރޮސް ވިދާޅުވިއެވެ. ޑރ. ޓެޑްރޮސް ވަނީ މި ހާލާތުގައި ޗައިނާއިން ގެންގުޅޭ ދެފުށް ފެންނަ ސިޔާސަތަށް ތައުރީފުކޮށް ދުނިޔޭގެ އެހެން މީހުން އެވައިރަހުން ރައްކާތެރިކުރުމަށް ޗައިނާއިން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.
ޑރ. ޓެޑްރޮސް ވިދާޅުވިގޮތުގައި ވީހައިވެސް އަވަހަށް ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ގައުމީ އަދި ބައިނަލްއަގުވާމީ ފަރާތްތަކާއެކު ޑަބްލިއު.އެޗް.އޯ. އިން މަސައްކަތްކުރައްވަމުން ގެންދަވާ ކަަމަށް ވިދާޅުވިއެވެ.
މިހާތަނަށް ކޮރޯނާވައިރަހުގެ 7834 ފަރާތެއް ފެނިފައިވާ ކަަމަށާއި އޭގެ ތެރެއިން 7736 ކޭސް ފެނުނީ ޗައިނާއިން ކަމަށް ވެސް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ. އަދި މިހާތަނަށް 170 މީހުން މަރުވެފައިވާ ކަމަށް ވިދާޅުވިއެވެ. އެ އެންމެންވެސް މަރުވީ ޗައިނާގައެވެ. މިއީ އަދަދުތަކެއް ނޫންކަމަށާއި، އެއީ އިންސާނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޓެޑްރޮސް ވަނީ އަސާސެއް ނެތި ދަތުރުފަތުރާއި ވިޔަފާރިއަށް ބުރޫ އަރާގޮަތަށް ކަންކަން ކުރުމުގެ މާނައެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. ހުރިހާ ގައުމަކުން ވެސް ރައްކާތެރި ކަމުގެ ފިޔަވަޚު އަޅާއިރު ހެއްކަށް ރިއާޔަތްކުރުމަށް ޑަބްލިއު.އެޗް.އޯ އިން ވަނީ ގޮވާލާފައެވެ. އަދި އަަޅަންވާ ފިޔަވަޅުތައް އެޅުމަށް އެ ޖަމިއްޔާގެ އެއްބާރުލުން ދޭނަކަމަށްވެސް ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަމުން ޑަބްލިއު.އެޗް.އޯ އިން ވަނީ ވިޔަފާރިއާއި ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކަށް ފާޑުވެސް ކިޔާފައެވެ. އެމަޖެންސީ ކޮމެޓީގެ މުގައްރިރު ވަނީ ބައެއް ގައުމުތަކުން ދަތުރުފަތުރު ކުރުން މަނާކުރުމުގެ ފަހަތުގައި ވާ ސައެންސާ މެދު ސުވާލު އުފައްދަވާފައެވެ.
ސިއްހީ ނިޒާމު ބަލިކަށި ގައުމުތަކަށް އެއްބާރުލުން ދޭން ޖެހޭނެކަން ާހަގަކުރެއްވިއެވެ.
އޭގެ އިތުރުން އަވަހަށް ވެކްސިނާއި ބަލީގެ ފަރުވާ އާއި ބަލި ދެނެގަނެވޭނެގޮތުން ހެދުމަކީ ކުރަންޖެހޭ ކަމަެއް ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާއި، ތައްޔާރީ ހާލާތަށް މުރާޖައާ ކުރުން ފަދަ ކަންކަން ފާހަގަކުރެއްވިއެވެ. އެއާއެކު މައުލޫމާތާއި ތަޖުރިބާ އެ ޖަމިއްޔާ އާއި އަދި ދުނިޔެއާއި ހިއްޔާ ކުރުމުގެ މުހިއްމުކަން ފާހަަގަކުރެއްވިއެވެ.
މިހާތަނަށް ޗައިނާގެ އިތުރުން އަށާރަ 18 ގައުމެއްގެ 98 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ޑަބްލިއު.އެޗ.އޯ.ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ވިދާޅުވިއެވެ. އޭގެ ތެރެއިން އަށް މީހަކަށް ބަލި ފެތުރިފައިވަނީ އެހެން މީހުންގެ ފަރާތުން ކަަމށް ވެސް ވިދާޅުވިއެވެ. އަދި ޗައިނާއިން ބޭރު ގައުމެއްގައި ވައިރަސްގެ އަސަރުކޮށްގެން މީހަކު މަރުވެފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ