ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ހުންނެވީ ޢާއިލާއާއި އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ކޮވިޑަށް ޕޮޒިޓިވްވި ކަމުގައިވިޔަސް ޙާލުކޮޅު ރަނގަޅެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ ދެކަނބަލުންގެ ދެބޭފުޅުން ކޮވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ