ގޭންގް ތަކަށް ހަރަދުކުރާކަމަށް ދެކެވޭ ވާހަކަ ޔާމީން ދޮގުކުރައްވައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަކީ ގޭންގްތަކަށް ހަރަދުކުރާ ބޭފުޅެކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ދޮގުކުރައްވައިފިއެވެ.
"ދިވެހިރާއްޖޭގެ އަޑާއިއެކު" މި ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ގޭންގުތަކާއި ގުޅުން އޮންނަކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސްލެއް އޮތް ވާހަކަތަކެއް ނޫންކަމުގައެވެ.
ޔާމީން ވިދާޅުވީ އެމަކިނުފާނާއި ގޭންގުތަކާއި ގުޅުވައިގެން ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކަނީ އެސަރާތްތަކުގެ އިޖްލާސްތެރިކަމެއް ނެތުމުން ކަމުގައެވެ.
ޔާމީނަކީ ޒަމާނުއްސުރެ ގޭންގުތަކާއި ގުޅުން އޮންނަ ބޭފުޅެއްކަމަށް އަޑު ފެތުރިފައިވާ ބޭފުޅެކެވެ. ނަމަވެސް ނިމިދިޔަ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރުގެ ޓީމުންވަނީ ފާޅުގައި ޔާމިނަކީ ގޭންގުތަކާއި ގުޅުންއޮންނަ އަދި ކޮރަޕްޝަނުން ފުރިފައިވާ ބޭފުޅެއްކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އަދި ޕީޕީއެމްގެ ޕްރައިމަރީއަށްފަހުވެސް އުމަރުގެ ބައެއް ސަޕޯޓަރުން އެކިއެކި ޕްލެޓް ފޯމްތަކުގައި ގެންދަވަނީ ޔާމީނާއި ގޭންގުތަކާއި ގުޅުވައިގެން ވާހަކަތައް ދައްކަމުންނެވެ.
މިރޭގެ ޕްރޮގްރާމްގައި ޔާމީން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ބަޖެޓްގެ ބޮޑުބައެއް ޒުވާނުންނަށް އަމާޒުކުރައްވާނެކަމަށެވެ. އަދި މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ރިހިބެލިޓޭޝަންގެ ހާއްސަ ޕްރޮގްރާމެއް ހިންގަވާނެކަމަށާއި 900 އަށް ވުރެ ގިނަ ޒުވާނުންނަށް އެޕްރޮގްރާމުން ފުރުސަތު ލިބިގެންދާނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ