ކޮޗިން ފެރީގެ ހެޔޮ ނަތީޖާ އެތައް ގޮތަކުން ރައްޔިތުންނަށް ފެންނާނެ: ޝާހިދު

އިންޑިޔާގެ ކޮޗިނާއި ރާއްޖޭގެ ދެމެދުގައި މިއަދު ފެށިގެން ދިޔަ ފެރީ ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ހެޔޮ އެތައް ނަތީޖާއެއް ކުރިއަށް އޮތް އަހަރުތަކުގައި ފެންނާނެ ކަމަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ ކޮޗިން ފެރީ ރޭ ފަތިހު 500 ޓަނުގެ މުދަލާއެކު، ކުޅުދުއްފުއްޓަށް ބަނދަރުކުރުމާ ގުޅިގެން ފެރީގެ ފުރަތަމަ ދަތުރު އިހުތިފާލުކުރުމަށް ވާޗުއަލްކޮށް ބޭއްވި އިހުތިފާލުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު އެ ރަސްމިއްޔާތުގައި ވިދާޅުވެފައިވަނީ މިއަދު ފެންނަމުންދަނީ ސަރުކާރުން ލާމަރުކަޒީކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންދާ މަންޒަރު ކަމަށެވެ. އަދި މިއަދު ކުޅުދުއްފުށީގައި ބަނދަރުކުރި މުދާ އުފުލާ ފެރީއަކީ އުތުރަށް އަންނަން ފަށާ ތަރައްޤީގެ ފެށުން ކަމުގައިވެސް އެމަނިކުފާނު ފާހަގަަކުރެއްވިއެވެ. އަދި މި ފެރީގެ ޚިދުމަތް ފެށުމުން އެކި ކަންކަމުގައި މާލެއަށް ބަރޯސާވާވުން ނިމުމަކަށް އަންނާނެ ކަމުގައިވެސް ޚާރިޖީވަޒީރު ޝާހިދު ވިދާޅުވިއެވެ. އަދި މި ޚިދުމަތުގެ ހެޔޮ އަސަރު ކުރިއަށް އަންނަ ހުރި އަހަރުތަކުގައި ދިވެހިރައްޔިތުންނަށް އެކި ގޮތްގޮތުން ފެންނާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް ވަޒީރުވަނީ މިހާރު އުތުރުގައި ފަށާފައިވާ މަޝްރޫޢުތަކަކީ ވަރަށް އުފާވެރި މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވެފައެވެ. ހޯރަފުއްޓާއި ހަނިމާދޫގެ ވައިގެ ބަނދަރުގެ މަޝްރޫޢު ފެށިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރަށއްގައި ރަންވޭއެއްގެ ކޮޅުގައި ބައިނަލްއަޤުވާމީ ޖަހައިލުމުން މި ސަރުކާރަށް ނުފުދޭ ކަމުގައި ފާހަގަކުރައްވައި، ސަރުކާރުން ބޭނުންވަނީ ބައިނަލްއަޤުވާމީ އެއާޕޯޓެއްގެ ގޮތުގައި ހަނިމާދޫ އެއާޕޯޓު ތަރައްޤީކޮށް ބޮޑެތި ބޯޓު ޖައްސައި ފަތުރުވެރިކަމުގެ މުއްސަނދިކަން ބޮޑުތިލދުން މައްޗަށް ފުރައިލުން ކަމުގައި ޝާހިދު ވިދާޅުވިއެވެ. "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ މި ކާގޯ ބޯޓު ޓުޓިކޯރިން ބަނދަރުން ފުރައިގެން ކޮޗިން ބަނދަރަށް ދަތުރު ފެށީ މި މަހުގެ 21 ވަނަ ދުވަހުއެވެ. މުދާ އުފުލާ މި ބޯޓުގައި މި ބުރު ގެނެސްފައިވަނީ 500 ޓަނުގެ މުދަލެވެ. އެއީ ދެ ކޮންޓެއިނަރެވެ. އެ ބޯޓުގައި ހުރި ސިމެންތި ފަދަ ތަކެތި ކަމުގައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ