ލޮކްޑައުން ގައި ގިނަ މީހުން އުޅުނީ ފެން ނުވަރާ

ކޮރޯނާ ވައިރަހާއި ގުޅިގެން ކުރި ލޮކްޑައުން އާއެކު ގިނަ ބަޔަކު ބެލީ އަތް ދޮވެވޭތޯއެވެ. ގޭގައި އިނދެ އިރުއިރުކޮޅާ އަތް ދޮވުނުު މީހުން ވެސް މަދެއް ނޫނެވެ. ވާނީވެސް އެހެންނޫންތޯއެވެ. އަތް ދޮވުަމަކީ ކޮވިޑް19 އިން ރައްކާތެރިކޮށްދޭ ކަމެކެވެ.
ނަމަވެސް އަތް ދޮވުން އިތުރުވީ ކަމުގައި ވިޔަސް ލޮކްޑައުން ދުވަސްވަރު ގޭގައި ތިބިއިރު އާންމު ސާފުތާހިރު ކަމަށް ދިން ސަމާލުކަމަށް ކުޑަ ކަމަށް މާހިރުން ބުނެއެވެ.
' ދަ ފައިނޭންޝަލް ޓައިމްސް' ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން ލޮކްޑައުން އާއެކު ގޭގައި މަސައްކަތް ކުރަން ޖެހުމުން ގިނަ ބަޔަކު ބޯ ދޮވުނީ ވެސް ވަރަށް މަދުންނެވެ. އަދި ޝޭވް ކުރުމާއި ދުރުވިއިރު ސެންޓު ޖެހުން މުޅިންހެން ހުއްޓުނު ކަމުގައި މި ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އެއް ހެއްކަކީ ސެނިޓައިޒާ އާއި ހޭންޑުވޮޝް ގެ ޑިމާންޑު އިތުރުވެގެން ދިޔައިރު، އެހެނިހެން ސާފުތާހިރު ވުމަށް ބޭނުންކުރާ އުފެއްދުންތަކުގެ ޑިމާންޑު ކުޑަވެގެން ދިއުމެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޮސްމެޓިކް ކުންފުނީގެ ފައިނޭންޝަލް އޮފިސަރެއް ބުނެފައިވާ ގޮތުގައި ކޮސްމެޓިކްސް ގެ ހަތަރުބައި ކުޅަ އެއް ބައި އުފެއްދުންތަކަކީ ސުކޫލަށް ދިއުމަށް ނުވަަތަ އޮފީހަށް ދިއުމަށް އާންމުކޮށް ބޭނުން ކޮށް އުޅޭ އެއްޗެއްސެވެ.
މީގެ އިތުރުންވެސް ދަތް އުނގުޅާ ބޭހާއި، ބޮޑީ ވޮޝް ފަދަ އުފެއްދުންތަކުގެ ޑިމާންޑުވެސް ދަށްވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ