ކޯޓުތައް އާއްމުކޮށް ހުޅުވާ މާދަމާ ރަސްމީ މަސައްކަތްތައް ފަށަނީ!

ކޯޓުތައް އާއްމުކޮށް ހުޅުވާ، ރަސްމީ މަސައްކަތްތައް މާދަމާ ފަށަން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން ވިދާޅުވެފައިވަނީ ކޮވިޑް-19 ފެތުރެމުން ދިޔުން ސަރުކާރުގެ އިދާރާތައް ބަންދުކުރުން ނިމި، މާދަމާ ރަސްމީކޮށް ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވުމުން، ކޯޓުތަކުގެ މަސައްކަތްތައް ވެސް ރަސްމީކޮށް ފެށޭނެ ކަމަށެވެ.
ކޯޓުތަކުގެ މަސައްކަތް މާދަމާ ފެށުން ކަމުގައިވިޔަސް، ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޞިއްޙީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ރައްކާތެރިކަމުގެ އުސޫލުތަކާއި މިންގަނޑުތަކަށް ރިއާޔަތްކުރުމަށް ސުޕްރީމްކޯޓުން ވަނީ ކޯޓްތަކަށް އަންގަވާފައެވެ.
ކޮވިޑް-19 ފެތުރެމުން ދިޔުމުން މާލެ ސަރަޙައްދު ފުރަބަންދުކޮށް، މައްސަލަތައް ބަލާފައި ވަނީ ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ