ވަރުން އާއި ބައްޕަ ޑޭވިޑްގެ ފިލްމު އަންނަ އަހަރަށް ތާވަލުކޮށްފި

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން ލީޑް ރޯލްއިން ފެންނާނެ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ރިލީޒްކުރުން އަންނަ އަހަރަށް ތާވަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ކޮމެޑީ ފިލްމުތައް ގެނެސްދޭ ބޮލީވުޑްގެ ތަޖުރިބާކާރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ މި ރޮމޭންޓިކް ކޮމެޑީން ބަތަލާއިންގެ ރޯލްތަކުން ފެންނާނީ ޕޫޖާ ހޭގްޑޭ އަދި މްރޫނާލް ތާކުރްއެވެ. ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމު އެންމެ ކުރިން ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި މަހެވެ. ނަމަވެސް ފިލްމު ރިލީޒްކުރުން އަންނަ އަހަރަށް ފަސްކުރެވުނީ ޝޫޓިން ނުނިމި ލަސްވުމާ ގުޅިގެން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާއަށް ވަގުތު އިތުރަށް ބޭނުންވާތީއެވެ. ވަރުން ބައްޕަ އަދި ފިލްމު ޑައިރެކްޓަރރު ޑޭވިޑް ދަވަންއާ އެކު--ފޮޓޯ/ޕިންކްވިލާ ވަރުން އާއި ޕޫޖާ އަދި މްރޫނާލްގެ އިތުރުން މި ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭގައި ޗަކްނީ ޕާންޑޭ، މޯނީ ރޯއި، ކުބްރާ ސައިތު، މަނީޝް ޕޯލް، އަލީ އަސްގަރު އަދި ރަޖީވް ކަންޑެލްވާލް ހިމެނެއެވެ. ބައްޕަ ޑޭވިޑް ދަވަންއާ އެކު ވަރުން އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ 2020 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކޫލީ ނަމްބަރު 1"ގައެވެ. އެ ފިލްމަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ އެކްޓަރުގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ، ސަނީ ޑިއޯލްއާ އެކު ކުޅޭ ވަޠަނީ ފިލްމު "ބޯޑަ 2" ހިމެނެއެވެ. ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ