ރާއްޖޭގައި ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާގެ ހިދުމަތް ދެމުން އަންނަ އައިކެއަރ އޮޕްޓިކަލްގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، އައިކެއަރގެ ހުރިހާ އައުޓްލެޓްތަކުން ވިއްކާ ހުރިހާ ބްރޭންޑެއްގެ އައިނު ފްރޭމްތަކާއި އަވިއައިނުން 23 ޕަސެންޓު ޑިސްކައުންޓް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 23 މެއި 2026 އިން ފެށިގެން 06 ޖޫން 2026 ގެ ނިޔަލަށެވެ.
މި މުނާސަބަތާ ގުޅިގެން އައިކެއަރގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ، މީގެ 23 އަހަރު ކުރިން އައިކެއަރ އުފެއްދީ މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ލޮލުގެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ތަސައްވުރާއެކު ކަމަށެވެ. އަދި މިއަދު މިދެކޭ ކާމިޔާބީގެ އަސްލަކީ އައިކެއަރގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތާއި، އައިކެއަރގެ ހިދުމަތްތަކަށް ކަސްޓަމަރުންނާއި ޕާޓްނަރުން ކުރާ އިތުބާރުކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޑރ. ޒާހިރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި އައިކެއަރ އިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިދުމަތް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އާންމުންނާ ގާތަށް ފޯރުކޮށްދީފައެވެ.
އައިކެއަރގެ ހުރިހާ އައުޓްލެޓްތަކެއްގައި މިހާރު ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އައިނުތައް ހެޔޮ އަގުގައި ލިބިގެންދާނެއެވެ.
އައިކެއަރ އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ފްރޭމާއި އަވިއައިނުތަކަކީ ފެންވަރު ރަނގަޅު އަދި އިތުބާރު ހިފޭ އުފެއްދުންތަކެއްކަން ފާހަގަކޮށްލެވެއެވެ. އަދި އައިކެއަރ އަކީ ހަމައެކަނި އައިނު ވިއްކާ ތަނެއްގެ އިތުރުން، މިހާރު ފުޅާ ދާއިރާއެއްގައި ލޮލުގެ އޮޕަރޭޝަންތަކާއި ހާއްސަ ފަރުވާދޭ ހޮސްޕިޓަލެއްގެ ޚިދުމަތްވެސް ދެމުން އަންނަ ތަނެއްކަން ފާހަގަކޮށްލެވެއެވެ.
މިހާރު ފަސޭހަކަމާއެކު އޮންލައިންކޮށް، އައިކެއަރ އިން އެޕޮއިންޓްމެންޓް ހަދާލަވޭނެ އައިކެއާ އާއި މަމްސް އެއިޑް ގުޅިގެން މި ރަމަޟާން މަހުވެސް އާއިލާތަކަށް “ކެއާ ބާސްކެޓް” ހަދިޔާކޮށްފި އައިކެއާގެ ރަމަޟާން އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް ސައުފާން ހޮވިއްޖެ ރާއ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ