ޝަމްމޫން ޖަލީލް ޖަލުން ދޫކޮށްލައިފި

ޖަލަށް ހުކުމް ކުރި 'އަދަދު' ނޫހުގެ ދެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި، މި މަހުގެ މެދެއްހާ ތަނުގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއިން ހައްޔަރު ކުރި އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިއުންތެރިއާ ޝަމްމޫން ޖަލީލް (ލޫކަސް) ޖަލުން ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟- މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ނޫސްވެރިންނާއި ނޫސްވެރިކަމުގެ ދިފާއުގައި ކުރި އެ މުޒާހަރާ ތެރެއިން ޝަމްމޫން ހިމެނޭހެން 10 މީހަކު ފުލުހުންގެ ބަންދަށް ގެންދިޔަ އެވެ. އަދި ޖެހިގެން އައި ދުވަހު ޝަމްއޫމް 10 ދުވަހު ޖަލުގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.
ތަފްސީލް- މިއަދު އެމްޑީޕީގެ މަސްދަރުތަކުން ބުނީ ޝަމްއޫން ޖަލުން ދޫކޮށްާފައިވާ ކަމަށާއި އޭނާއަށް މަރުހަބާ ކިއުމަށް ވީހާ ގިނަ ބަޔަކު، މާލޭ ޖަލު އަތޮޅުވެއްސަށް ދިއުމަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ