ކަސްޓަމްސް އިން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

މޯލްޑިސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. މި ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ތިލަފުށީގައި އޮންނަ ކުނި ނައްތާލާ ސަރަހައްދުގައެވެ. ކަސްޓަމްސްއިން ބުނީ މި ނައްތާލެވުނު ތަކެތީގެ ތެރޭގައި 225.7 ލީޓަރުގެ ބަނގުރަލާއި 6763 ލީޓަރުގެ ބަނގުރާ ޕެކެޓާއި އަދި 1708.09 ލީޓަރުގެ ބިޔަރު ފުޅި ހިމެނޭ ކަމަށެވެ. މި ތަކެއްޗަކީ ކަސްޓަމްސްގެ އާއްމު ގަވާއިދުގެ ދަށުން ބޮންޑެޑް ވެއާ ހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުން ފަދަ ސަބަބަކާ ގުޅިގެން ނައްތާލުމުގައި ކަސްޓަމް އިން އަމަލު ކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ. އެކިއެކި ސަބަބު ތަކާހުރެ، ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާއްމު ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ