ރައީސް ދެއްވާ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފި

2018 ވަނަ އަހަރުގެ ޖީސީއީ އޭ-ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.
މިރަސްމިއްޔާތުގައި ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަނާއި ތައުލީމީ ދާއިރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
2018 ވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް، މިރަސްމިއްޔާތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް 4 ދަރިވަރަކަށް އަދި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނުކަމުގެ ލިޔުން 45 ދަރިވަރަކަށް ހަވާލުކޮށްފައެވެ.
ހަޔަރ އެޗީވާސް ސްކޮލަޝިޕް 45 ދަރިވަރުންނަށް ލިބުނު އިރު އޭގެ ތެރޭގައި ހިމެނެނީ 21 ފިރިހެން ދަރިވަރުންނާއި 24 އަންހެން ދަރިވަރުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބިފައިވަނީ 3 ފިރިހެން ދަރިވަރަކަށާއި އަންހެން ދަރިވަރަކަށެވެ.
ހަޔަރ އެޗީވާސް އެވޯޑު ހާސިލްކުރި ދަރިވަރުންނަށް ލިޔުން ހަވާލުކޮށް ދެއްވީ، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހިމް ހަސަނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބުނު 4 ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙެވެ.
2017 ވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، މިދިޔަ އަަހަރު ހައި އެޗީވާސް ސްކޮލަޝިޕް ލިބުނީ 41 ދަރިވަރަކަށެވެ. އަދި ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަޝިޕް ލިބިފައި ވަނީ 6 ދަރިވަރަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ