ފަނޑިޔާރު އަބުދުﷲ ދީދީގެ ގާނޫނީ ޓީމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ ގާނޫނީ ޓީމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ހިމެނިވަޑައިގެންފިއެވެ.
މީގެ ކުރިން ފަނޑިޔާރު ދީދީގެ ގާނޫނީ ޓީމުން ޑރ. މުހައްމަދު ޖަމީލު އަހުމަދު ފެނިވަޑައިނުގެންނެވި ނަމަވެސް، އާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި މިއަދު ފެށި ޝަރީއަތުގައި ޑރ. ޖަމީލު ބައިވެރިވަޑައިގަންނަވައެވެ.
ފަނޑިޔާރު ދީދީގެ ގާނޫނީ ޓީމުގައި ޑރ. ޖަމީލުގެ އިތުރުން ދެން ހިމެނި ވަޑައިގަންނަވަނީ، އާދަމް ޝަމީމު އާއި މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އާއި އާދަމް އާސިފް އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޓީމުގައި ހިމެނިވަޑަިއގަންނަވަނީ، ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި، ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު އާއި ފަނޑިޔާރު އުސްތާޒު މުހައްމަދު އީސާފުޅުގެ އިތުރުން އަލްއުސްތާޒާ ހިސާން ހުސެއިން، އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ