އަނިޔާއެއް ނުކުރަން، ފަތުރަނީ ދޮގު ވާހަކަތަކެއް - ހިސާން

ދުވަހަކު ވެސް ބަޔަކަށް އަނިޔާކޮށް ދެރަ ގޮތެއް ހަދާފައި ނުވާނެ ކަމަށާއި އޭނާއާއި ގުޅޭގޮތުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން މައްސަލަ ބަލައިދިނުމަށް ފުލުހުން ކިބައިން އެދިފައިވާކަމަށް ތުޅާދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާއްދަ ކުރައްވާ ޤާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ހިސާން ހުސެއިންގެ ކެންޕެއިން އޮފީހުން ދެންމ ނެރުނު ބަޔާނެއްގައި ބުނީ ތުދާޅުދޫ ދާއިރާ އަށް ރައީސް މައުމޫނަށް ނިސްބަތްވާ އެމްއާރުއެމްގެ ޓިކެޓްގައި ވާދަކުރައްވާ އަލްއުސްތާދު އިބްރާހިމް އަފީފުގެ ކެންޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން އިއްޔެ ރައީސް އޮފީހަށް ފޮނުވި ސިޓީގައި ހިސާންގެ މައްޗަށް ކޮށްފައިވަނީ ދޮގު ތުހުމަތު ތަކެއް ކަމަށެވެ.
ބަޔާނުގައި އިތުރަށް ވަނީ އަނިޔާކޮށްގެން ހިސާންގެ އެއްވެސް މައްސަލައެއް ފުލުހުން ބަލާފައި ނުވާނެ ކަމަށާއި އޭނާ އަކީ އެއްވެސް މީހަކާއި މެދު އަނިޔާވެރި އަމަލެއް ހިންގި މީހެއް ނޫން ކަމަށެވެ. އެންމެނަށް އެނގޭނެ ފަދައިން ހިސާން އަކީ އިންސާނީ ހައްގުތަށް ހޯދައިދިނުމަށް މަސައްކަތް ކުރާ ފަރާތެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ހިސާންގެ މައްޗަށް މިފަދަ ދޮގު ތުހުމަތު ތަކެއް ކޮށް ސިޓީ ލިޔެފައިވަނީ އެމްއާރުއެމްގެ ކެންޑިޑޭޓް އަށް ބޮޑު ބޭބެ ކިޔާ މީހެއް ކަމަށާއި ހިސާން އަށް ތުހުމަތު ކޮށް ދޮގު މައުލޫމާތު ފެތުރި މައްސަލަ ކުއްވެރިކުރާ ކަމަށް ބަޔާނުގައި ވެއެވެ.
މީގެ އަހަރުތަކެއް ކުރިން ކިޔަވާ ކުދިން ތަކަކަށް އަނިޔާ ކުރި ކަމަށް ބުނެ ހިސާން އާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް އަނިޔާ ލިބުނު މީހަކު ރައީސް ޞާލިހަށް ފޮނުވި ސިޓީ މިހާރު ވަނީ މީސް މީޑިއާގައި އާއްމު ވެފައެވެ.
ރައީސް ސޯލިހަށް އޭނާ ފޮނުވި ސިޓީގައި މީގެ އަހަރު ތަކެއް ކުރިން އޭނާގެ އިތުރުން އޭރު އެ ގޭގައި (މ.ނޫހިރި) ގޭގައި ކިޔަވަން ތިބި އިތުރު ހަތަރު ކުއްޖަކަށް ހިސާން ކުރި ބޮޑެތި ލާއިންސާނީ އަނިޔާތަށް ވަރަށް ތަފުސީލް ކޮށް ވަނީ ބަޔާން ކޮށްދީފައެވެ.
ރައީސް ސޯލިހަށް ފޮނުވސީޓީގައި ބުނެފައި ވަނީ އެމްޑީޕީ އަކީ ވަކި މީހަކަށް ވަކިގޮތަކަށް އަމަލު ނުކުރާނެ ޕާޓީއަކަަށް ވީހިނދު މި މައްސަލާގައި ހިސާން އާއި މެދުވެސް އަމަލު ކުރަން ވާނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އާއި މެދުވެސް އަމަލު ކުރިގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ