ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 20 މާރިޗް 2019 އިން 23 މާރިޗް 2019 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުންނ ހުޅުވާލާފިއެވެ.
އިސީ އިން ބުނީ ކެންޑިޑޭޓުން ސޮއި ކުރުމުގެ އިންތިޒާމުތައް އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައި، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށް ހަމަޖެހިފައިވާނެކަމަށެވެ.. އަދި ހުކުރު ދުވަހު މެންދުރު ފަހު 02:30 އިން ރޭގަނޑު 22:00 އަށް ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އީސީ އިންވަނީ ބުނެފައެވެ.
ސިޔާސީ ޕާޓީއަކުން ތަމްސީލުކުރާ ކެންޑިޑޭޓެއްގެ ފަރާތުން، އެޕާޓީއަކުން އައްޔަންކުރައްވާ ފަރާތް ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ޕާޓީގެ ތައްގަނޑު ޖެހި ސިޓީއެއް ގެންނަންޖެހޭނެކަމަށް އީސީ އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ