މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓު ދޭނެކަމަށް ބުނެ ނުގުޅަން: އެމްޑީޕީ

މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ލިބުނުކަމަށް ބުނެ އެމްޑީޕީގެ ފަރާތުން އެއްވެސް މީހަކަށް ގުޅާފައި ނުވާނެކަމަށް އެމްޑީޕީން ހާމަކޮށްފިއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ސެކެެރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ގޯއްޗާ ހަވާލުވާން އެއްވެސް ފަރާތަކަށް ނުގުޅިނަމަ ވެސް "ވެށިފަހި މާލެ" ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ދަރުބާރުގޭގައި އޮންނަ ބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު ދިނުމަށް ބައެއް މީހުންނަށް ގުޅަމުން އަންނަކަމަށެވެ.
އެމްޑީޕީން މިގޮތަށް ހާމަކުރި ނަމަވެސް ގޯއްޗާއި ހަވާލުވުމަށް ދަރުބާރުގެއަށް މިރޭ ދިއުމަށް އެދި ކޯލުތަކެއް ކުރަމުން އަންނަކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މާލޭ ސަރަހައްދުގައި ބޯހިޔާވަހިޔާވަހިކަމުގެ ބިޔަ މަޝްރޫހެއް ހިންގުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ