ލޯކަލް މާރުކޭޓާއި، ސްޓޭޓް ހައުސް ހުޅުވާދެއްވުމަށް ހޯމް މިނިސްޓަރު މިއަދު ކުޅުދުއްފުއްޓަށް !

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ލޯކަލް މާރުކޭޓާއި ކުރީގެ އަތޮޅުގެއަށް ބަދަލުތަކެއް ގެނެސް އިމާރާތްކޮށްފައިވާ ހދ އަތޮޅު ސްޓޭޓް ހައުސް ހުޅުއްވައި ދެއްުވުމަށް މިއަދު މިނިސްޓަރީ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ ކުޅުުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
މިނިސްޓަރ ކުޅުުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިރުއޮއްސި 06:30 އާއި 07:30 ދެމެދު ކަަމަށާއި ވަޑައިގަތުމަށްފަހު 08:15 ގައި ރަށު ކައުންސިލާއި ބައްދަލު ކުރައްވާނެ އެވެ.
އެއަށްފަހު ލޯކަލް މާރުކޭޓު ހުޅުވުން އޮންނާނީ 09:00 ޖަހާއިރު ކަމަށާއި އަދި ހދ އަތޮޅު ސްޓޭޓް ހައުސް ހުޅުވުން 09:50 ގައި އެވެ. އަދި އަތޮޅު ކައުންސިލާއެކު ބައްދަލު ކުރެއްވުން އޮންނަނީ 11:00 ޖަހާއިރު އެވެ.
މިނިސްޓަރު ކުޅުދުއްފުށިން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ