އިންޑިއާގެ 490 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ބޭރުގައުމުތަކުގައި ފޮރުވާފައި

އިންޑިއާގެ އެކި މީހުންނަށް ނިސްބަތްވާ 490 ބިލިއަން ޑޮލަރަށްވުރެން ގިނަ ކަޅު ފައިސާ ދުނިޔޭގެ އެކި ގައުމުތަކުގައި ފޮރުވާފައިވާ ކަން ރިޕޯޓް އަކުން ދައްކައިފިއެވެ.
މި ރިޕޯޓުން ދައްކާގޮތުގައި ޓެކްސްގެ ފައިސާ ނުދެކުމަށް ފޮރުވާ ފައިސާވެސް ހިމަނައިގެން 2010 ވަނަ އަހަރާއި ހަމައަށް ހިސާބު ނުގުނާ 490 ބިލިއަނަށް ޑޮލަރަަށް ވުރެން ވުރެން ގިނަ ފައިސާ އިންޑިއާގެ އެކި މީހުން ދުނިޔޭގެ އެކި ގައުމުތަކުގައި ފޮރުވާފައިވެއެވެ.
އިންޑިއާ މީހުން ބޭންކަށް ނުލައި ފޮރުވައިގެން ގެންގުޅުނު "ކަޅު ފައިސާ" ހުއްޓުވަން ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މިިދިޔަ އަހަރު އެޅި ފިޔަވަޅުން ނަތީޖާއެއް ނުކުމެފައި ނުވާއިރު އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ބޭންކު އެކައުންޓެއް ނޯވެ އެވެ. އަަދި ގާތްގަނޑަކަށް 400 މިލިއަން މީހުންގެ އަތުގައި އެ މީހުންނަކީ ކާކުކަން އެނގޭ ސަރުކާރުގެ ރަސްމީ ލިޔުމެއް ވެސް ނޯވެއެވެ.
މުޅި އޭޝިޔާގައި ވެސް ކަޅުފައިސާ އާއި ރިޝްވަތުގެ އަމަލު އެންމެ ބޮޑު ގައުމަކީ އިންޑިއާއެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޖަރުމަނުގެ ބާލިންގެ ޖަމިއްޔާ "ޓްރާންސްޕެރަންސީ އިންޓަނޭޝަނަލް" އިން ވަނީ މިދިޔަ އަހަރުތެރޭގައި އޭޝިއާގައި ކޮރަޕްޝަން ހުރި މިންވަރު ދެނެގަތުމަށްޓަކި މި ސަރަހައްދުގެ ތަފާތު 22،000 އަށް ވުރެ ގިނަ ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ހޯދާފައެވެ.
އޭޝިއާގެ އެންމެ ކޮރަޕްޝަން ބޮޑު ގައުމުގެ ގޮތުގައި އިންޑިއާ ވެފައިވަނީ 69 ޕަސެންޓްގެ ބޮޑު އަދަދަކުންނެވެ. އޭޝިއާގެ އެންމެ ކޮރަޕްޝަން މަދު ގައުމަށް ވެފައިވަނީ އެންމެ 0.2 ޕަސެންޓުން ޖަޕާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ