މިލާން ކްރިކެޓް އެކަޑަމީއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ކުޅުނު ކްރިކެޓް މެޗް ރައީސް ބައްލަވާލައްވައިފި

ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މިލާން ކްރިކެޓް އެކަޑަމީ އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ކުޅުނު ހާއްސް ކްރިކެޓް މެޗް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.
ކުޅިވަރު އެކުވެނި ދަނޑުގައި މިއަދު މެންދުރުފަހު 20 އޯވަރަށް ކުޅުނު މި މެޗުގައި ބައްދަކޮށްފައިވަނީ މިލާން ކްރިކެޓް އެކަޑަމީގެ ޓީމަކާއި ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން ހިމަނައިގެން އެކުލަވާލާފައިވާ ޓީމެކެވެ.
މިއަދުގެ މެޗުން މޮޅުވި ޓީމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑަލް ހަވާލުކޮށްދެއްވަިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ވެސް މެޗު ބައްލަވާލައްވަން އެކުވެނި ދަނޑަށް ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ