ޔާމީންގެ ޝަރީއަތެއް ނެތް، ކޯޓަށް ހާޒިރު ކުރަނީ އިދާރީ ބޭނުމަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުވާން އެންގީ ޝަރީއަތުގެ އަޑު އެހުމަކަށް ނޫން ކަމަށާއި އެމަނިކުފާނު ކޯޓަށް ހާޒިރުވުމަށް އެންގީ އިދާރީ ބޭނުމަކަށް ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.
ޔާމީން ކޯޓަށް ހާޒިރު ކުރަނީ އިދާރީ ބޭނުމަކަށް ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވީ އެމަނިކުފާނުގެ ޝަރީޢަތުގެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓް ކުރަން ދިއުމުންނެވެ. ޔާމީން ކޯޓަށް ހާޒިރު ކުރަނީ އިދާދީ ބޭނުމަކަށް ކަމަށް ކޯޓުން ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައިވާ ކޯޓުގެ ޝެޑިއުލްގައި ވާގޮތުން ޔާމީންގެ މައްސަލައިގެ ޝަރީޢަތް 11:30 ގައި އެބައޮތެވެ.
ކުރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އެންމެ ފަހުން މައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުން ނިންމާލީ ދައުލަތައް ދައުވާ ސާފުކޮށް ނުދެވުމުން ދެން އޮންނަ އަޑުއެހުމެއްގައި ދައުވާ ސާފު ކޮށްދިނުމަށް ފުރުސަތު ދިނުމަށެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެވެ. މައްސަލައިގެ ޝަރީޢަތް ފަށާނީ މިއީ ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ މަދަނީ މިންގަނޑުތަކުން ބެލުމަށް ފަހު އެވެ.
ޔާމީންގެ މައްޗަށް މިދައުވާ އުފުލާފައި ވަނީ އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ