މުންދުއާއި ޚަލީލް ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގެންފި

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދެއްވައި މުޙައްމަދު ހުސައިން ޝަރީފު (މުންދު) ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓިއައި ގުޅިވަޑައިގެންފިއެވެ.މުންދު އެކަން ކަށަވަރު ކޮށްދެއްވާ ވިދާޅުވީ އޭނާ ޕީޕީއެމްގެ އެސްޖީ ކަމުން އިސްތިއުފާދެއްވައި، ޕީޕީއެމުން ވަކިވުމަށްފަހު ކޮންގްރެސް ޕާޓިއާއި ރަސްމީކޮށް ސޮއިކޮށްފައިވާކަމަށެވެ. މުންދު ވަނީ އޭނާ ކޮންގްރެސް ޕާޓިއަށް ސޮއި ކުރައްވާ އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ފޯމު ހަވާލު ކުރާ ފޮޓޯއެއްވެސް އާއްމުކުރައްވާފައެވެ.
މުންދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމުގެ ކުރީގެ އެސްޖީ ޑރ. އަބްދުﷲ ޚަލީލްވެސް ވަނީ ކޮންގްރެސް ޕާޓިއާއި ގުޅިވަޑައިގެންފައެވެ. ކޮންގްރެސް ޕާޓީއިން ވަނީ އެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ގޮތުން މިހާތަނަށް 4000 ފޯމު އިލެކްޝަންސް ކޮމިޝަނާއި ހަވާލުކޮށްފައެވެ. އަދި ދިހަ ހާހާއި ގާތްކުރާ އަދަދަކަށް މީހުން އެ ޕާޓީއަށް ވަދެފައިވާކަމަށް މީގެ ކުރިން އެ ޕާޓީއިން ވަނީ ހާމަކޮށްފައެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ
ޑރ. ޚަލީލް
މުންދު
އިދުހާމް ނައީމް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
މުންދުއާއި ޚަލީލް ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގެންފި
18 ސިކުންތު ކުރިން
ހުޅުމާލޭގައި އަންހެނަކު މަރުވި މައްސަލައެއް ފުލުހުން ބަލަނީ
25 ސިކުންތު ކުރިން
ރިޔާޒުގެ ވާހަކަތަކުން ކިނބިދޫ ދާއިރާގެ ރައްޔިތުން ރުޅިގަދަވެއްޖެ
32 ސިކުންތު ކުރިން
ފަބްރިގަސް ޗެލްސީ ދޫކޮށް މޮނޮކޯއާއި ގުޅިއްޖެ
40 ސިކުންތު ކުރިން
ވާދަކުރާ ދާއިރާތައް އަދި ކަނޑައަޅާފައި ނުވާނެ: ޖޭޕީ
47 ސިކުންތު ކުރިން
އަސާސީ ޚިދުމަތްތަކުންވެސް ރައްޔިތުން މަހްރޫމްވެފައި
4 ގަޑި ކުރިން
ރައީސް ޔާމީނަކީ ތަރައްޤީގެ ބާނީކަން ނަޝީދުވެސް ޤަބޫލުފުޅުކުރައްވައިފި
21 ގަޑި ކުރިން
ވިހަ އޮށަކުން ފަޅާ ގަހަކުން ލިބޭނީވެސް ވިހަ މޭވާ: ސިއްދީގު
21 ގަޑި ކުރިން
ކައުންސިލްތަކަށް ބާރު ލިބުމުންވެސް ރައްޔިތުންނަށް ލިބުނު ފޮނި މީރުކަމެއް ނެތް!
21 ގަޑި ކުރިން
މާލެއާއި އަތޮޅުތެރޭގެ ފަރަގު މި ސަރުކާރަށް ނައްތާލެވޭނެބާ؟
21 ގަޑި ކުރިން
ކުރިއަށް އޮތް ދެ އަހަރުވެސް ދުނިޔޭގެ އިޤްތިޞާދު ދަށްވާނެ: ވޯލްޑް ބޭންކް
21 ގަޑި ކުރިން
އަސާސީ ޚިދުމަތްތަކުންވެސް ރައްޔިތުން މަހްރޫމްވެފައި
4 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ