މަޑުއްވަރީ ދާއިރާގެ އެމް.ޑީ.ޕީ މެމްބަރުންގެ އަދަދު ހާހަކާއި ގާތަށް!


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންޠިހާބުގައި އެމް.ޑީ.ޕީ ތަމްސީލް ކުރާނެ މެމްބަރުން ހޮވުމުގެ ގޮތުން ބާއްވާ ޕްރައިމަރީ އާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެމް.ޑީ.ޕީ އާއި ގުޅެމުން އަންނައިރު މަޑުއްވަރީ ދާއިރާއިންވެސް ގިނަ އަދަދެއްގެ ބަޔަކު އަލަށް އެމް.ޑީ.ޕީއަށް ސޮއިކޮށްފައިވާކަމަށް އެމް.ޑީ.ޕީ މަޑުއްވަރީ ދާއިރާގެ ރައީސް މުސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.
 
މޫސާ އަލީ މަނިކު ވިދާޅުވި ގޮތުގައި އަލަށް 735 ފޯމު ހުށައަޅާފައިވާއިރު އަލަށް ހުށައެޅި ފޯމުތަކާއިއެކު އެމް.ޑީ.ޕީގެ ދަފްތަރުގައި ހިމެނޭ މަޑުއްވަރީ ދާއިރާއަށް ނިސްބަތް މެމްބަރުންގެ އަދަދު 985 އަށް އަރައެވެ. އެއީ މީދޫއަށް ނިސްބަތްވާ 290 މެމްބަރުންކަމަށާއި މަޑުއްވަރީއަށް ނިސްބަތްވާ 695 މެމްބަރުންކަމަށް މަޢުލޫމާތު ލިބެއެވެ. 
މިއަދަދަށް އެމް.ޑީ.ޕީއަށް އަލަށް މެމްބަރުން ގުޅުމާއިއެކު މިހާރު މި ދާއިރާގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމް.ޑީޕީ ވަނީ ވެގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ