ރައީސް ޔާމީން ޖަލަށްލުމުން ރޮވުނު: ރައީސް ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ ދުވަހު ރޮވުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ޔާމީން ޖަލުގައި ހުރުމަކީ އެމަނިކުފާނު އެދޭ ގޮތް ނޫން ކަމަށެެވެެ. އަދި ރައީސް ޔާމީން ޖަލަށް ލީ ދުވަހު އެކަމާއި ހިތާމަކޮށް، ކީރިިތިކުރެއްވި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެެ.ނަޝިދު ވިދާޅުވީ، ރައީސް ޔާމީން ހައްޔަރު ކުރީ އެމަނިކުފާނު ހައްޔަރު ކުރީމާ ބަދަލުހިފުމަށް ކަމަށް ރާއްޖޭގެ ނޫސްތަކުން ގެނެސްދިނުމުން އެކަމާ ލަދުވެތިވާ ކަމަށާއި، އެެހެން ވިދާޅުވެފައި ނުވާނޭ ކަމަށެވެ. އަދި ސީދާ އެެހެން ވިދާޅުވުމުގެ ކުރިން ވިދާޅުވި އެއްޗާއި، އަދި ފަހުން ވިދާޅުވި، އެއްޗެއް ބެލުމުން އެެމަނިކުފާނު ވިދާޅުވެެފައި ވާނީ އެހެން ނޫން ކަން އެނގޭނެެ ކަމަށް ނަޝީދު ވިދާޅުވިއެެވެެ."ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީ ކުޑަކޮށްވެެސް އަޅުގަނޑާއި ގުޅުމެއް އޮވެގެނެއް ނޫން. އަޅުގަނޑު ދައްކަމުން ދިޔަ ވާހަކަ އަކީ ދިވެހި ރާއްޖޭގައި އޮތް ވެރިން ހައްޔަރުކުރުމުގެެ ސަގާފަތް ދޫކޮށްލުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގަތޭ" ނަޝީދު ވިދާޅުވިއެވެ.ރައީސް ޔާމީން ހައްޔަރުކުރީ ޔާމީންގެ ދައުރުގައި އެމަނިކުފާނު ހައްޔަރުކުރުމުން ކަމަށް ރާއްޖޭގެ ނޫސްވެރިން ލިޔުމުން އެކަމާ ލަދުގަންނަ ކަމަށާއި ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށްލާފައިވަނީ އެމަނިކުފާނާއި ކުޑަކޮށް ވެސް ގުޅުމެއް އޮވެގެން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ." އާސްކް ސްޕީކާ" ޕްރޮގްރާމުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ވެރިން ހައްޔަރުކުރާ ސަގާފަތް ދޫކޮށްލުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގެންނި ވާހަކަ ކަމަށާއި ރައީސް ޔާމީން އެގޮތަށް ކަންތައް ކުރެއްވިނަމަ މިއަދު ހަގީގަތް އޮތީހީ ވަރަށް ތަފާތުކޮށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ."ރައީސް ޔާމީން ހައްޔަރު ކޮށްފައި އެވަނީ އަޅުގަނޑާ ކުޑަކޮށްވެސް ގުޅިގެންނެއް ނޫން. އަޅުގަނޑު ދައްކަމުން ދިޔަ ވާހަކަ އަކީ ވެރިން ހައްޔަރު ކުރާ ސަގާފްތް ދޫކޮށްލުމުގެ ސަގާފަތް ރައީސް ޔާމީނަށްވެސް ލިބުނޭ. އަޅުގަނޑަށްވެސް ލިބުނޭ. އަޅުގަނޑު ހިތްވަރުކޮށްގެން އެކަން ކުރަމުން ގެންދިޔައިން. ރައީސް ޔާމީން އެކަން ކުރެއްވިނަމަ، މިއަދު ހަގީގަތް އޮތީ ވަރަށް ތަފާތުކޮށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.ރައީސް ޔާމީން ޖަލުގައި މިހާރު ހުންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ލިބުނު އެއް މިލިއަން ޑޮލަރު އެކަންޓަށް ވަތް މައްސަލައިގައި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެގެންނެވެ. އެ މައްސަލަ މިހާރު އޮތީ، ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ