ރައްޔިތުން ދަރުވާ ނުލާނެ ކަމުގެ ޔަޤީންކަން ޝާހިދު ދެއްވައިފި

މިއަދުގެ ސަރުކާރުން ރައްޔިތުން ދަރުވާ ނުލާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.ޝާހިދު މިހެން ވިދާޅުވީ، އިންޑިއާ ސަރުކާރުން ރާއްޖޭގައި ކުޑަކުދިންގެ ޕާކުތަކެއް ހެދުމަށް ބޭނުންވާ ތަކެތި ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ ތިލަމާލެ ބްރިޖު އަޅަން އިންޑިއާ އިން 400 މިލިއަން ޑޮލަރުގެ ލޯނެއް ނެގީ 2 ޕަސެންޓަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ކަމަށާއި މިސަރުކާރަކީ 7 ޕަސެންޓުން، 10 ޕަސެންޓުން، 12 ޕަސެންޓުން ފައިސާ ނަގައިގެން ރައްޔިތުން ދަރުވާލާނެ ސަރުކާރެއް ނޫން ކަމަށެވެ. "ރައީސް އިބްރާހިމް މުހައްމަދު ސޯލިހެއް ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަންޏެއް ނާޅުވާނެ. މި އުޅެނީ ކުރީގެ ސަރުކާރުން ރައްޔިތުންގެ ކޮނޑުގައި އެޅުވި ދަރަނީގެ ބޮޑުކަމުން ހިތްލާ ނުލެވިގެން. މި ސަރުކާރުން ރައްޔިތުންނާ ހަމައަށް ގެނެސްދޭނީ ހިދުމަތް، ރައްޔިތުންނަށް އުފާވެރިކަން" ޝާހިދު ވިދާޅުވިއެވެ.މީގެ އިތުރުން ޝާހިދު ވިދާޅުވީ އެގޮތުން ޝާހިދު ވިދާޅުވީ މި ޒަމާނަކީ ކަޅު ފޮށްޓަށާއި، ގުޅިގުޅި އަށާއި އަދި ޖާޑި ޖާޑިއަށް އަޅައިގެން ފައިސާ ގެންނަ ޒަމާނެއް ނޫން ކަމަށާއި މި ޒަމާނުގައި މިފަދަ ކަންކަން ހިނގާނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އެގޮތުން މިކަން ކުރަނީ ސަރުކާރުން އެގްރީމެންޓުގައި ސޮއިކުރުމަށްފަހު، މަސައްކަތް ކުރިއަށްދާ މިންވަރަކުން ފައިސާ ދިވެހި ދައުލަތުގެ މާލިއްޔާއަށް ވަންނަމުންދާ އުސޫލުން ކަމަށް އޭނާ ވިދާޅުވިއެވެ.ޝާހިދު މިހެން ވިދާޅުވި އިރު، ރާއްޖޭގެ ތާރީހުގައިވެސް އެންމެ ކުޑަ މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ލޯނު ނެގީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅާފައިވާއިރު އެ ބަޖެޓަކީވެސް 17 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ