ބެޓްމޭންގެ އާ މަންޒަރުތަކެއް ދައްކާލައިފި

ރޮބަޓް ޕެޓިންސަނާ އެކު ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑީސީގެ ސުޕަރހީރޯ ”ބެޓްމޭން“ގެ ރީބޫޓް ފިލްމުގެ އާ މަންޒުތަކެއް ދައްކާލައިފި އެވެ. މި މަންޒަރުތަކުގައި ރިޑްލަރގެ އިތުރުން ބްރޫސް ވޭން، ޖިމް ގޯރޑަން، ދަ ޕެންގުއިން އަދި ކެޓްވޮމެން ހިމެނެއެވެ.
”ދަ ބެޓްމޭން“ގެ އާ ޓީޒާއެއް ވެސް އިއްޔެ ނެރެފައިވެއެވެ. އެ ޓީޒަރ އިނ ފެންނަނީ ބެޓްމޭން (ރޮބަޓް ޕެޓިންސަން) އާއި ރިޑްލާ (ޕޯލް ޑޭނޯ) އާ ދެމެދު ހިނގާ ތަޅާފޮޅުންގަނޑެކެވެ.
”ބެޓްމޭން“ ފިލްމު ސިނަމާތަކުގައި ރިލީޒްކުރަން ނިންމާފައިވަނީ މި އަހަރުގެ މާރިޗް މަހުގެ 07ގަ އެވެ.
”ބެޓްމޭން“ގެ އާ ފިލްމު ޑައިރެކްކުރީ މެޓް ރީވްސް އެވެ. މި ފިލްމުގައި ޕެޓިންސަންގެ އިތުރުން މުހިންމު ރޯލުތަކުން ޒޯ ކްރަވިޒް، ޕޯލް ޑޭނޯ، ޖެފްރީ ރައިޓް، ޖޯން ޓާޓުރޯ، އެންޑީ ސާކިސް، ކޮލިން ފެރެލް އަދި ޕީޓާ ސާސްގާޑް ފެންނާނެ އެވެ. ކްރަވިޒް ފެނިގެންދާނީ ”ކެޓްވުމަން“ގެ ރޯލުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ